نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5914 | 85 | 5 | النار ذات الوقود |
| | | (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ. |
|
5915 | 85 | 6 | إذ هم عليها قعود |
| | | އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ. |
|
5916 | 85 | 7 | وهم على ما يفعلون بالمؤمنين شهود |
| | | مؤمن ންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި حال ގައެވެ. |
|
5917 | 85 | 8 | وما نقموا منهم إلا أن يؤمنوا بالله العزيز الحميد |
| | | އަދި عزيز ވަންތަ، ގިނަގިނައިން حمد ލިބިވޮޑިގެންވާ اللَّه އަށް އެއުރެން إيمان ވާކަމަށްޓަކައި މެނުވީ، އެ كافر ން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ. |
|
5918 | 85 | 9 | الذي له ملك السماوات والأرض والله على كل شيء شهيد |
| | | އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
5919 | 85 | 10 | إن الذين فتنوا المؤمنين والمؤمنات ثم لم يتوبوا فلهم عذاب جهنم ولهم عذاب الحريق |
| | | ހަމަކަށަވަރުން، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، دين ން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން توبة ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذاب ހުށްޓެވެ. |
|
5920 | 85 | 11 | إن الذين آمنوا وعملوا الصالحات لهم جنات تجري من تحتها الأنهار ذلك الفوز الكبير |
| | | ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ. |
|
5921 | 85 | 12 | إن بطش ربك لشديد |
| | | ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ. |
|
5922 | 85 | 13 | إنه هو يبدئ ويعيد |
| | | ހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) إعادة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. |
|
5923 | 85 | 14 | وهو الغفور الودود |
| | | އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. |
|