نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5888 | 84 | 4 | وألقت ما فيها وتخلت |
| | | އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ. |
|
5889 | 84 | 5 | وأذنت لربها وحقت |
| | | އަދި އެ ބިމުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން حق ވެގެންވެއެވެ. |
|
5890 | 84 | 6 | يا أيها الإنسان إنك كادح إلى ربك كدحا فملاقيه |
| | | އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ. |
|
5891 | 84 | 7 | فأما من أوتي كتابه بيمينه |
| | | ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! |
|
5892 | 84 | 8 | فسوف يحاسب حسابا يسيرا |
| | | ފަހެ، ލުއިފަސޭހަވެގެންވާ حساب ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حساب ބައްލަވާނެތެވެ. |
|
5893 | 84 | 9 | وينقلب إلى أهله مسرورا |
| | | އަދި އުފަލުންހުރެ، އޭނާގެ أهل ވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ. |
|
5894 | 84 | 10 | وأما من أوتي كتابه وراء ظهره |
| | | އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ. |
|
5895 | 84 | 11 | فسوف يدعو ثبورا |
| | | ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! |
|
5896 | 84 | 12 | ويصلى سعيرا |
| | | އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ. |
|
5897 | 84 | 13 | إنه كان في أهله مسرورا |
| | | ހަމަކަށަވަރުން، އޭނާގެ أهل ވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ. |
|