نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5818 | 81 | 18 | والصبح إذا تنفس |
| | | އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ. |
|
5819 | 81 | 19 | إنه لقول رسول كريم |
| | | ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ. |
|
5820 | 81 | 20 | ذي قوة عند ذي العرش مكين |
| | | عرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ. |
|
5821 | 81 | 21 | مطاع ثم أمين |
| | | އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ. |
|
5822 | 81 | 22 | وما صاحبكم بمجنون |
| | | އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ. |
|
5823 | 81 | 23 | ولقد رآه بالأفق المبين |
| | | އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ. |
|
5824 | 81 | 24 | وما هو على الغيب بضنين |
| | | އަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ. |
|
5825 | 81 | 25 | وما هو بقول شيطان رجيم |
| | | އަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ. |
|
5826 | 81 | 26 | فأين تذهبون |
| | | ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟ |
|
5827 | 81 | 27 | إن هو إلا ذكر للعالمين |
| | | عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ. |
|