نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5772 | 80 | 14 | مرفوعة مطهرة |
| | | މަތިވެރި، طاهر ކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ. |
|
5773 | 80 | 15 | بأيدي سفرة |
| | | ދަތުރުކުރައްވާ ملائكة ންގެ އަތްޕުޅުތަކުގައެވެ. |
|
5774 | 80 | 16 | كرام بررة |
| | | މާތްވެގެންވާ ހެޔޮލަފާ ملائكة ންނެވެ. |
|
5775 | 80 | 17 | قتل الإنسان ما أكفره |
| | | އިންސާނާއަށް لعنة ލެއްވިއެވެ. އޭނާގެ ހުރި كافر ކަމުގެ ބޮޑުކަމާއެވެ! |
|
5776 | 80 | 18 | من أي شيء خلقه |
| | | އެކަލާނގެ އެ އިންސާނާ ހެއްދެވީ ކޮންއެއްޗަކުން ހެއްޔެވެ؟ |
|
5777 | 80 | 19 | من نطفة خلقه فقدره |
| | | އެކަލާނގެ އެ އިންސާނާ ހެއްދެވީ މަނިތިއްކަކުންނެވެ. ދެން އެކަލާނގެ އެ އިންސާނާ (ގެ ހުރިހާ ކަމެއް) މިންވަރު ކުރެއްވިއެވެ. |
|
5778 | 80 | 20 | ثم السبيل يسره |
| | | ދެން އެކަލާނގެ އޭނާޔަށް މަގު ފަސޭހަކޮށްދެއްވިއެވެ. |
|
5779 | 80 | 21 | ثم أماته فأقبره |
| | | ދެން އެކަލާނގެ އޭނާ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ. |
|
5780 | 80 | 22 | ثم إذا شاء أنشره |
| | | ދެން އެކަލާނގެ އިރާދަކުރައްވާ ހިނދު، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވާނެތެވެ. |
|
5781 | 80 | 23 | كلا لما يقض ما أمره |
| | | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިންސާނާ އަދިވެސް، އެކަލާނގެ އޭނާޔަށް އަމުރުކުރެއްވި ކަންތަކެއް ނުކުރެތެވެ. |
|