نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5709 | 78 | 37 | رب السماوات والأرض وما بينهما الرحمن لا يملكون منه خطابا |
| | | އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި رحمن ވަންތަ ރަސްކަލާނގެ حضرة ންނެވެ. އެކަލާނގެ حضرة އަށް ބަސްދެންނެވުމަށް އެއުރެންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެތެވެ. |
|
5710 | 78 | 38 | يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا |
| | | جبريل ގެފާނާއި، ملائكة ން ސަފަކަށް قائم ވެ ތިއްބަވާ ދުވަހެވެ. رحمن ވަންތަ ރަސްކަލާނގެ، އެމީހަކަށް إذن ދެއްވައި، حق ތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށްވެސް ވާހަކައެއް ނުދެއްކޭނެތެވެ. |
|
5711 | 78 | 39 | ذلك اليوم الحق فمن شاء اتخذ إلى ربه مآبا |
| | | އެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ، ބޭނުންމީހަކު އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވުމެއް ހިފައިފާހުށިކަމެވެ! |
|
5712 | 78 | 40 | إنا أنذرناكم عذابا قريبا يوم ينظر المرء ما قدمت يداه ويقول الكافر يا ليتني كنت ترابا |
| | | ހަމަކަށަވަރުން، ގާތްވެގެންވާ عذاب އެއްގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ. (އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ. އަދި كافر ވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟ |
|
5713 | 79 | 1 | بسم الله الرحمن الرحيم والنازعات غرقا |
| | | ގަދަފަދަވެގެންވާ ގޮތުގައި (كافر ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ. |
|
5714 | 79 | 2 | والناشطات نشطا |
| | | އަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (مؤمن ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ. |
|
5715 | 79 | 3 | والسابحات سبحا |
| | | އަދި ކަލާނގެ أمر ފުޅުތަކާއިގެން ދަތުރުކުރައްވާ ملائكة ން ގަންދެއްވަމެވެ. |
|
5716 | 79 | 4 | فالسابقات سبقا |
| | | އަދި (مؤمن ންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ ملائكة ންނާއިއެވެ. |
|
5717 | 79 | 5 | فالمدبرات أمرا |
| | | އަދި (ދުނިޔޭގެ) ކަންތައްތައް تدبير ކުރެއްވުމުގައި އުޅުއްވާ ملائكة ންނާއިއެވެ. |
|
5718 | 79 | 6 | يوم ترجف الراجفة |
| | | (ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ. |
|