نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5690 | 78 | 18 | يوم ينفخ في الصور فتأتون أفواجا |
| | | ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشر ބިމަށް) ބައިބަޔަށް އަންނާނޫއެވެ. |
|
5691 | 78 | 19 | وفتحت السماء فكانت أبوابا |
| | | އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ. |
|
5692 | 78 | 20 | وسيرت الجبال فكانت سرابا |
| | | އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ. |
|
5693 | 78 | 21 | إن جهنم كانت مرصادا |
| | | ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ. |
|
5694 | 78 | 22 | للطاغين مآبا |
| | | كافر ންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ. |
|
5695 | 78 | 23 | لابثين فيها أحقابا |
| | | އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حال ގައެވެ. |
|
5696 | 78 | 24 | لا يذوقون فيها بردا ولا شرابا |
| | | އެތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ. |
|
5697 | 78 | 25 | إلا حميما وغساقا |
| | | ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ أهل ވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ. |
|
5698 | 78 | 26 | جزاء وفاقا |
| | | (އެއުރެންގެ عمل ތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ. |
|
5699 | 78 | 27 | إنهم كانوا لا يرجون حسابا |
| | | ހަމަކަށަވަރުން حساب ބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ. |
|