نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5666 | 77 | 44 | إنا كذلك نجزي المحسنين |
| | | إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. |
|
5667 | 77 | 45 | ويل يومئذ للمكذبين |
| | | ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
|
5668 | 77 | 46 | كلوا وتمتعوا قليلا إنكم مجرمون |
| | | (ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ. |
|
5669 | 77 | 47 | ويل يومئذ للمكذبين |
| | | ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
|
5670 | 77 | 48 | وإذا قيل لهم اركعوا لا يركعون |
| | | ތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ. |
|
5671 | 77 | 49 | ويل يومئذ للمكذبين |
| | | ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ. |
|
5672 | 77 | 50 | فبأي حديث بعده يؤمنون |
| | | ފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟ |
|
5673 | 78 | 1 | بسم الله الرحمن الرحيم عم يتساءلون |
| | | އެއުރެން އެކަކު އަނެކަކާ سؤال ކޮށް އުޅެނީ، ކޮންކަމަކާ މެދުގައި ހެއްޔެވެ؟ |
|
5674 | 78 | 2 | عن النبإ العظيم |
| | | ބޮޑުވެގެންވާ خبر އާ މެދުގައެވެ. |
|
5675 | 78 | 3 | الذي هم فيه مختلفون |
| | | އެ خبر އަކީ، އެއުރެން އެއާމެދު خلاف ވެގެންވާ خبر އެވެ. |
|