نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5599 | 76 | 8 | ويطعمون الطعام على حبه مسكينا ويتيما وأسيرا |
| | | އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، مسكين ންނާއި، يتيم ންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. |
|
5600 | 76 | 9 | إنما نطعمكم لوجه الله لا نريد منكم جزاء ولا شكورا |
| | | (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ. |
|
5601 | 76 | 10 | إنا نخاف من ربنا يوما عبوسا قمطريرا |
| | | ހަމަކަށަވަރުން، އެދުވަހެއްގައި، މޫނުތައް ގަދަފަދަގޮތެއްގައި ފުސްވެގެންވާ ދުވަހަކާމެދު، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން ބިރުވެތިވަމުއެވެ. |
|
5602 | 76 | 11 | فوقاهم الله شر ذلك اليوم ولقاهم نضرة وسرورا |
| | | ފަހެ، އެދުވަހުގެ ނުބައިކަމުން اللَّه، އެއުރެން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެއުރެންނަށް ދެއްވިއެވެ. |
|
5603 | 76 | 12 | وجزاهم بما صبروا جنة وحريرا |
| | | އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ. |
|
5604 | 76 | 13 | متكئين فيها على الأرائك لا يرون فيها شمسا ولا زمهريرا |
| | | އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ حال ގައެވެ. އެތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަފިންޏެއްވިޔަސް އެއުރެން ނުދެކޭނެތެވެ. |
|
5605 | 76 | 14 | ودانية عليهم ظلالها وذللت قطوفها تذليلا |
| | | އެތާނގެ ގަސްގަހުގެ ހިޔާތައް، އެއުރެންނަށް ގާތްވެގެންވެއެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާފައިވެއެވެ. |
|
5606 | 76 | 15 | ويطاف عليهم بآنية من فضة وأكواب كانت قواريرا |
| | | އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެއެވެ. |
|
5607 | 76 | 16 | قوارير من فضة قدروها تقديرا |
| | | ރިހީގެ ބިއްލޫރި ތަކެކެވެ. އެއުރެން عدد ކޮށް، އެ ތަކެތި މިންވަރު ކުރާނެތެވެ. (އެބަހީ: އެ ތަށިތަކުގެ ބޮޑުކުޑަމިނާއި އެ ތަށިތަށްޓަށް އަޅާފައިވާ ތަކެތި، އެއުރެން ބޭނުންގޮތަކަށް ކަނޑައަޅާނެތެވެ.) |
|
5608 | 76 | 17 | ويسقون فيها كأسا كان مزاجها زنجبيلا |
| | | އަދި އެތާނގައި އެއުރެންނަށް ރާތަށްޓެއް ބުއިމަށް ދެއްވާނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗެއްކަމުގައި ވަނީ، زنجبيل އެވެ. |
|