نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
559 | 4 | 66 | ولو أنا كتبنا عليهم أن اقتلوا أنفسكم أو اخرجوا من دياركم ما فعلوه إلا قليل منهم ولو أنهم فعلوا ما يوعظون به لكان خيرا لهم وأشد تثبيتا |
| | | އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް قتل ކުރާށޭ ނުވަތަ ތިޔަބައިމީހުންގެ ގޯތިގެދޮރުން ނުކުންނާށޭ އަންގަވައި، އެކަން އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ فرض ކުރެއްވިނަމަ، އޭގެތެރެއިން މަދުބަޔަކު މެނުވީ އެކަންތަކެއް ނުކުޅައީހެވެ. އަދި، އެއުރެންނަށް އެކަމާމެދު وعظ އިއްވަވާ ކަންތައް އެއުރެން ކުޅަނަމަ، އެއުރެންނަށް ހެޔޮކަން މާބޮޑުވީހެވެ. އަދި، ثابت ވެ ތިބުމުގައި ގަދަފަދަކަން ބޮޑުވީސްމެއެވެ. |
|
560 | 4 | 67 | وإذا لآتيناهم من لدنا أجرا عظيما |
| | | އަދި، އެހެންވީނަމަ، ތިމަންރަސްކަލާނގެ حضرة ން އެއުރެންނަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވީމުހެެވެ. |
|
561 | 4 | 68 | ولهديناهم صراطا مستقيما |
| | | އަދި، ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގު ދެއްކެވީމުހެވެ. |
|
562 | 4 | 69 | ومن يطع الله والرسول فأولئك مع الذين أنعم الله عليهم من النبيين والصديقين والشهداء والصالحين وحسن أولئك رفيقا |
| | | اللَّه އަށާއި، رسول އާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، اللَّه އެބަޔެއްގެ މައްޗަށް نعمة ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، صدّيق ންނާއި، شهيد ންނާއި، صالح ންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ. |
|
563 | 4 | 70 | ذلك الفضل من الله وكفى بالله عليما |
| | | އެ فضل ވަންތަކަން ވަނީ، اللَّه ގެ حضرة ންނެވެ. މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ފުދެއެވެ. |
|
564 | 4 | 71 | يا أيها الذين آمنوا خذوا حذركم فانفروا ثبات أو انفروا جميعا |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (عدوّ ންނާ ހަނގުރާމަ ކުރުމުގައި) ރައްކާތެރި ކަމުގައި ހިފާށެވެ! އަދި، ބައިބަޔަށް ތިޔަބައިމީހުން ހަނގުރާމަޔަށް ނުކުންނާށެވެ! ނުވަތަ، އެންމެން އެކުގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުކުންނާށެވެ! |
|
565 | 4 | 72 | وإن منكم لمن ليبطئن فإن أصابتكم مصيبة قال قد أنعم الله علي إذ لم أكن معهم شهيدا |
| | | ހަމަކަށަވަރުން، ހަނގުރާމަޔަށް ނުކުތުމުގައި ފަސްޖެހި، އަދި އެހެން މީހުން ފަސްޖެހުމަށް ބާރުއަޅާ މީހަކު، ތިޔަބައިމީހުންގެ ތެރެއިން ވާކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުންނަށް مصيبة އެއް ޖެހިއްޖެނަމަ، އެމީހަކު ބުނެތެވެ. ހަމަކަށަވަރުން، اللَّه ތިމަންނާޔަށްވަނީ نعمة ދެއްވާފައެވެ. އެހެނީ، ތިމަން އެއުރެންނާއެކު ހަނގުރާމަޔަށް حاضر ވީ މީހަކު ކަމުގައި ނުވަމެވެ. |
|
566 | 4 | 73 | ولئن أصابكم فضل من الله ليقولن كأن لم تكن بينكم وبينه مودة يا ليتني كنت معهم فأفوز فوزا عظيما |
| | | އަދި، اللَّه ގެ حضرة ން، ތިޔަބައިމީހުންނަށް فضل ވަންތަކަމެއް ލިބިއްޖެނަމަ، ހަމަކަށަވަރުން، އެމީހަކު ބުނާނެތެވެ. އޭ ސަހަރޯއެވެ! އެއުރެންނާ އެކުގައި ތިމަންވެސް ހަނގުރާމައިގައި ވީނަމަ ކިހާރަނގަޅުވީސް ހެއްޔެވެ؟ ފަހެ، އޭރުން ބޮޑުވެގެންވާ نصيب އަކުން ތިމަންނާއަށް نصيب ލިބޭނެއެވެ. (މިފަދައިން ބުނާއިރު) އެމީހަކާ ތިޔަބައިމީހުންނާ ދެމެދުގައި އެކުވެރިކަމެއް ރައްޓެހި ކަމެއްވެސް ނުވާާކަހަލައެވެ. |
|
567 | 4 | 74 | فليقاتل في سبيل الله الذين يشرون الحياة الدنيا بالآخرة ومن يقاتل في سبيل الله فيقتل أو يغلب فسوف نؤتيه أجرا عظيما |
| | | آخرة އަށް ދުނިޔޭގެ ދިރިއުޅުން ދޫކޮށްލާ މީހުން، اللَّه ގެ މަގުގައި ހަނގުރާމަކުރާ ހުށިކަމެވެ! اللَّه ގެ މަގުގައި ހަނގުރާމަކޮށް، قتل ވާމީހާ، ނުވަތަ دشمن ން ބަލިކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ. |
|
568 | 4 | 75 | وما لكم لا تقاتلون في سبيل الله والمستضعفين من الرجال والنساء والولدان الذين يقولون ربنا أخرجنا من هذه القرية الظالم أهلها واجعل لنا من لدنك وليا واجعل لنا من لدنك نصيرا |
| | | އަދި، اللَّه ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނަކީ، (މިފަދައިން) دعاء ކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން نصر ވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! |
|