نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5568 | 75 | 17 | إن علينا جمعه وقرآنه |
| | | ހަމަކަށަވަރުން، އެ قرآن (ކަލޭގެފާނުގެ ހިތްޕުޅަށް) جمع ކުރެއްވުމާއި، އަދި އެ قرآن ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ. |
|
5569 | 75 | 18 | فإذا قرأناه فاتبع قرآنه |
| | | ފަހެ، ތިމަންރަސްކަލާނގެ (جبريل ގެފާނު މެދުވެރިކުރައްވައި) އެ قرآن ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ تبع ވެވަޑައިގަންނަވާށެވެ! |
|
5570 | 75 | 19 | ثم إن علينا بيانه |
| | | ދެން ހަމަކަށަވަރުން، އެ قرآن ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންރަސްކަލާނގެއަށެވެ. |
|
5571 | 75 | 20 | كلا بل تحبون العاجلة |
| | | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ. |
|
5572 | 75 | 21 | وتذرون الآخرة |
| | | އަދި ތިޔަބައިމީހުން آخرة ދޫކޮށްލަމުއެވެ. |
|
5573 | 75 | 22 | وجوه يومئذ ناضرة |
| | | އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. |
|
5574 | 75 | 23 | إلى ربها ناظرة |
| | | އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ. |
|
5575 | 75 | 24 | ووجوه يومئذ باسرة |
| | | އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ. |
|
5576 | 75 | 25 | تظن أن يفعل بها فاقرة |
| | | މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ. |
|
5577 | 75 | 26 | كلا إذا بلغت التراقي |
| | | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ. |
|