نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5552 | 75 | 1 | بسم الله الرحمن الرحيم لا أقسم بيوم القيامة |
| | | قيامة ދުވަސް ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. |
|
5553 | 75 | 2 | ولا أقسم بالنفس اللوامة |
| | | އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ.) |
|
5554 | 75 | 3 | أيحسب الإنسان ألن نجمع عظامه |
| | | އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟ |
|
5555 | 75 | 4 | بلى قادرين على أن نسوي بنانه |
| | | އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ. |
|
5556 | 75 | 5 | بل يريد الإنسان ليفجر أمامه |
| | | އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ. |
|
5557 | 75 | 6 | يسأل أيان يوم القيامة |
| | | އޭނާ سؤال ކުރާނެތެވެ. قيامة ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ |
|
5558 | 75 | 7 | فإذا برق البصر |
| | | ފަހެ، ލޯތަކަށް حيران ކަންލިބި، ތަރަތަރަލާހިނދެވެ. |
|
5559 | 75 | 8 | وخسف القمر |
| | | އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ. |
|
5560 | 75 | 9 | وجمع الشمس والقمر |
| | | އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ. |
|
5561 | 75 | 10 | يقول الإنسان يومئذ أين المفر |
| | | އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟ |
|