نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5544 | 74 | 49 | فما لهم عن التذكرة معرضين |
| | | ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: قرآن ން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟ |
|
5545 | 74 | 50 | كأنهم حمر مستنفرة |
| | | ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: قرآن ން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟ |
|
5546 | 74 | 51 | فرت من قسورة |
| | | އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمار ތަކެއް ފަދައެވެ. |
|
5547 | 74 | 52 | بل يريد كل امرئ منهم أن يؤتى صحفا منشرة |
| | | އަދި ކިއެއްތަ! އެއުރެންކުރެ ކޮންމެ މީހަކު އެދެނީ، ލިޔުއްވާފައިވާ ފަތްފުށްތަކެއް އެމީހަކަށް ބާވައިލެއްވުމަށެވެ. |
|
5548 | 74 | 53 | كلا بل لا يخافون الآخرة |
| | | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! އެއުރެން آخرة އަކަށް ބިރެއް ނުގަނެތެވެ. |
|
5549 | 74 | 54 | كلا إنه تذكرة |
| | | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ قرآن އަކީ ހަނދާންކޮށްދިނުމެކެވެ. |
|
5550 | 74 | 55 | فمن شاء ذكره |
| | | ފަހެ، ބޭނުން މީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ! |
|
5551 | 74 | 56 | وما يذكرون إلا أن يشاء الله هو أهل التقوى وأهل المغفرة |
| | | އަދި اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެންނަކަށް ހަނދާނެއް ނުކުރެވޭނެތެވެ. އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) تقوى ވެރިވުން حق ވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ. |
|
5552 | 75 | 1 | بسم الله الرحمن الرحيم لا أقسم بيوم القيامة |
| | | قيامة ދުވަސް ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. |
|
5553 | 75 | 2 | ولا أقسم بالنفس اللوامة |
| | | އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ.) |
|