نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5512 | 74 | 17 | سأرهقه صعودا |
| | | ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ عذاب އަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ. |
|
5513 | 74 | 18 | إنه فكر وقدر |
| | | ހަމަކަށަވަރުން، އޭނާ ވިސްނައި فكر ކޮށް ރޭވިއެވެ. |
|
5514 | 74 | 19 | فقتل كيف قدر |
| | | ފަހެ، އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ |
|
5515 | 74 | 20 | ثم قتل كيف قدر |
| | | ދެން އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ |
|
5516 | 74 | 21 | ثم نظر |
| | | ދެން އޭނާ ބަލައި ވިސްނިއެވެ. |
|
5517 | 74 | 22 | ثم عبس وبسر |
| | | ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ. |
|
5518 | 74 | 23 | ثم أدبر واستكبر |
| | | ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ. |
|
5519 | 74 | 24 | فقال إن هذا إلا سحر يؤثر |
| | | ފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި قرآن ނުވެއެވެ. |
|
5520 | 74 | 25 | إن هذا إلا قول البشر |
| | | آدم ގެދަރިންގެ ބަސްކަމުގައި މެނުވީ މި قرآن ނުވެއެވެ. |
|
5521 | 74 | 26 | سأصليه سقر |
| | | ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ. |
|