نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5454 | 72 | 7 | وأنهم ظنوا كما ظننتم أن لن يبعث الله أحدا |
| | | އަދި ތިޔަބައިމީހުން (އެބަހީ: ޖިންނީން) ހީކުރިފަދައިން އެއުރެންވެސް (އެބަހީ: އިންސީންވެސް) ހީކުރީ، اللَّه، އެއްވެސް މީހަކު އަލުން ދިރުމަކަށް ނުފޮނުއްވާނެކަމަށެވެ. |
|
5455 | 72 | 8 | وأنا لمسنا السماء فوجدناها ملئت حرسا شديدا وشهبا |
| | | އަދި ތިމަންމެން އުޑުގެ خبر ހޯދަން އުޅުނީމުއެވެ. ފަހެ، ތިމަންމެންނަށް އެތަންފެނުނީ، ބަލަހައްޓަވާ، ގަދަފަދަ ملائكة ންނާއި، ގިނިހިލަތަކުން ފުރިފައިވާތީއެވެ. |
|
5456 | 72 | 9 | وأنا كنا نقعد منها مقاعد للسمع فمن يستمع الآن يجد له شهابا رصدا |
| | | އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެ އަޑު އަހަންއުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނިހިލަޔެކެވެ. |
|
5457 | 72 | 10 | وأنا لا ندري أشر أريد بمن في الأرض أم أراد بهم ربهم رشدا |
| | | އަދި ބިމުގައިވާ މީހުންނަށް އިރާދަކުރައްވާފައިވަނީ، ނުބަޔަކަށްކަން، ނުވަތަ އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް އިރާދަކުރައްވާފައިވަނީ، ތެދުމަގަކަށްކަން ތިމަންމެންނަކަށް ނޭނގެތެވެ. |
|
5458 | 72 | 11 | وأنا منا الصالحون ومنا دون ذلك كنا طرائق قددا |
| | | އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫން މީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ. |
|
5459 | 72 | 12 | وأنا ظننا أن لن نعجز الله في الأرض ولن نعجزه هربا |
| | | އަދި ތިމަންމެންނަށް ބިމުގައި اللَّه ނުކުޅައްދައި ނުލެވޭނެކަމާއި، އަދި އެކަލާނގެއަށް ފިލައިގެން ދިޔުމުގައިވެސް ނުކުޅައްދައި ނުލެވޭނެކަން ތިމަންމެން يقين ކުރަމުއެވެ. |
|
5460 | 72 | 13 | وأنا لما سمعنا الهدى آمنا به فمن يؤمن بربه فلا يخاف بخسا ولا رهقا |
| | | އަދި ތިމަންމެން ތެދުމަގުގެ އަޑު (އެބަހީ: قرآن ގެއަޑު) އެހިހިނދު، ތިމަންމެން އެއަށް إيمان ވެއްޖައީމުއެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއަށް إيمان ވާ މީހާ (ދަންނާށެވެ!) ފަހެ، ދަރުމަ އުނިކުރައްވައިފާނެކަމަކަށް، އަދި އަނިޔާލިބިދާނެކަމަކަށް އެމީހާ ބިރެއްނުގަންނާނެތެވެ. |
|
5461 | 72 | 14 | وأنا منا المسلمون ومنا القاسطون فمن أسلم فأولئك تحروا رشدا |
| | | އަދި ތިމަންމެންގެ ތެރެއިން مسلم ންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ، إسلام ވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން ތެދުމަގު اختيار ކޮށްފޫއެވެ. |
|
5462 | 72 | 15 | وأما القاسطون فكانوا لجهنم حطبا |
| | | އަދި ތެދުމަގުން އެއްކިބާވި މީހުން ދަންނާށެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެންވޫއެވެ. |
|
5463 | 72 | 16 | وأن لو استقاموا على الطريقة لأسقيناهم ماء غدقا |
| | | އެއުރެން ތެދުމަގުގައި ސީދާވެ ތިބެއްޖެނަމަ، ތިމަންރަސްކަލާނގެ، ހަމަކަށަވަރުން، އެއުރެންނަށް ގިނަވެގެންވާ ފެން (އެބަހީ: رزق ތަނަވަސްކުރެއްވުން) ދެއްވާހުށީމެވެ. |
|