نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
538 | 4 | 45 | والله أعلم بأعدائكم وكفى بالله وليا وكفى بالله نصيرا |
| | | اللَّه ތިޔަބައިމީހުންގެ عداوة ތެރިން ދެނެވޮޑިގަތުން ބޮޑެވެ. އަދި، އެހީތެރިޔަކުކަމުގައި اللَّه ފުދެއެވެ. އަދި، نصر ވެރިޔަކު ކަމުގައިވެސް اللَّه ފުދެއެވެ. |
|
539 | 4 | 46 | من الذين هادوا يحرفون الكلم عن مواضعه ويقولون سمعنا وعصينا واسمع غير مسمع وراعنا ليا بألسنتهم وطعنا في الدين ولو أنهم قالوا سمعنا وأطعنا واسمع وانظرنا لكان خيرا لهم وأقوم ولكن لعنهم الله بكفرهم فلا يؤمنون إلا قليلا |
| | | ބަސްތައް ހުންނަންވީ ތަންތަނުން ބަދަލުކޮށް، އޮޅުވާމީހުން يهودى ންގެ ތެރެއިންވެއެވެ. އަދި، ތިމަންމެން އަހައިފީމުއޭ، އަދި، ތިމަންމެން އުރެދިއްޖައީމުއޭ، އަދި، ނީވޭމީހެއްގެ ގޮތުގައި އައްސަވާށޭ، އަދި، ތިމަންމެންނަށް ބައްލަވާށޭ، އެއުރެން ބުނެތެވެ. (އެއުރެން އެފަދަ ބަސްތައް ބުނަނީ) އެއުރެންގެ ދޫތަކުން ބަސްތައް އޮޅުވާލުމުގެ ގޮތުންނެވެ. އަދި، دين އާ މެދުގައި ނިކަމެތި ބަސްބުނުމުގެ ގޮތުންނެވެ. ތިމަންމެން އަހައިފީމުއޭ، އަދި، ކިޔަމަން ވެއްޖައީމުއޭ، އަދި، އައްސަވާށޭ، އަދި، ތިމަންމެންނަށްޓަކައި ލަސްކޮށްލައްވާ انتظار ކުރައްވާށޭ (މިހެން) އެއުރެން ބުނިނަމަ، އެއުރެންނަށް ހެޔޮކަން މާބޮޑުވީހެވެ. އަދި، ސީދާކަންވެސް މާބޮޑުވީހެވެ. އެހެނެއްކަމަކު، އެއުރެން كافر ވުމުގެ ސަބަބުން اللَّه، އެއުރެންނަށް لعنة ލެއްވިއެވެ. ފަހެ، (އޭގެތެރެއިން) މަދުބަޔަކުމެނުވީ إيمان އެއް ނުވެތެވެ. |
|
540 | 4 | 47 | يا أيها الذين أوتوا الكتاب آمنوا بما نزلنا مصدقا لما معكم من قبل أن نطمس وجوها فنردها على أدبارها أو نلعنهم كما لعنا أصحاب السبت وكان أمر الله مفعولا |
| | | އޭ ފޮތް ލިބުނު މީހުންނޭވެ! ތިޔަބައިމީހުންނާ އެކުގައިވާ ފޮތް ތެދުކުރާގޮތުގައި، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށެވެ! (އެއީ) މޫނުތަކެއް ބަދަލުކުރައްވައި، ތިމަންރަސްކަލާނގެ އެ މޫނުތައް ފުރަގަހަށް ރައްދުކުރެއްވުމުގެ ކުރިންނެވެ. (އެބަހީ: އެއުރެންގެ މައްޗަށް عذاب އެއް ފޮނުއްވުމުގެ ކުރިންނެވެ.) ނުވަތަ، ހޮނިހިރުގެ أهل ވެރިންނަށް، ތިމަންރަސްކަލާނގެ لعنة ލެއްވިފަދައިން، އެއުރެންނަށް لعنة ލެއްވުމުގެ ކުރިންނެވެ. اللَّه ގެ أمر ފުޅު އެއީ، ހިނގަނިވިކަމެއް ކަމުގައިވެއެވެ. |
|
541 | 4 | 48 | إن الله لا يغفر أن يشرك به ويغفر ما دون ذلك لمن يشاء ومن يشرك بالله فقد افترى إثما عظيما |
| | | ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ. |
|
542 | 4 | 49 | ألم تر إلى الذين يزكون أنفسهم بل الله يزكي من يشاء ولا يظلمون فتيلا |
| | | ތިމާމެންގެ އަމިއްލަ نفس ތަކަށް ތާރީފުކުރާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި ކިއެއްތަ! اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް ތާރީފުކުރައްވަތެވެ. އަދި، ކިތަންމެކުޑަ މިންވަރަކުން ވިޔަސް، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާނެއެވެ. |
|
543 | 4 | 50 | انظر كيف يفترون على الله الكذب وكفى به إثما مبينا |
| | | اللَّه އާމެދު، އެއުރެން ދޮގު ހަދާގޮތް ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ! بيان ވެގެންވާ ފާފައެއްކަމުގައި އެކަންތައް ފުދެއެވެ. |
|
544 | 4 | 51 | ألم تر إلى الذين أوتوا نصيبا من الكتاب يؤمنون بالجبت والطاغوت ويقولون للذين كفروا هؤلاء أهدى من الذين آمنوا سبيلا |
| | | ފޮތުގެ ތެރެއިން ބައެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން ބުދަށާއި، شيطان އާޔަށް إيمان ވެއެވެ. އަދި، كافر ވި މީހުންނަށް، އެއުރެން ބުނެތެވެ. إيمان ވެގެން ތިބި މީހުންނަށްވުރެން، މިބައިމީހުންނަށް ތެދުމަގު ލިބުން ބޮޑެވެ. |
|
545 | 4 | 52 | أولئك الذين لعنهم الله ومن يلعن الله فلن تجد له نصيرا |
| | | އެއުރެންނަކީ، ހަމަ اللَّه، لعنة ލައްވާފައިވާ މީހުންނެވެ. اللَّه، لعنة ލައްވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް نصر ވެރިވާނޭ މީހަކު ތިބާޔަކަށް ނުފެންނާނެތެވެ. |
|
546 | 4 | 53 | أم لهم نصيب من الملك فإذا لا يؤتون الناس نقيرا |
| | | ނުވަތަ، ވެރިކަމުގެ ތެރެއިން ބައެއް އެއުރެންނަށް ލިބިގެންވަނީހެއްޔެވެ؟ ފަހެ، އެހެންވެއްޖިއްޔާ އެއުރެން މީސްތަކުންނަށް ކިތަންމެ ކުޑަމިންވަރެއްވިޔަސް ނުދޭނެތެވެ. |
|
547 | 4 | 54 | أم يحسدون الناس على ما آتاهم الله من فضله فقد آتينا آل إبراهيم الكتاب والحكمة وآتيناهم ملكا عظيما |
| | | ނުވަތަ، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: يهودى ން) މީސްތަކުންނަށް حسد ވެރި ވަނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، إبراهيم ގެފާނުންގެ آل ވެރިންނަށް، ފޮތާއި حكمة، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި، ބޮޑުވެގެންވާ ވެރިކަމެއް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ. |
|