نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5345 | 69 | 22 | في جنة عالية |
| | | މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. |
|
5346 | 69 | 23 | قطوفها دانية |
| | | އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. |
|
5347 | 69 | 24 | كلوا واشربوا هنيئا بما أسلفتم في الأيام الخالية |
| | | (އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. |
|
5348 | 69 | 25 | وأما من أوتي كتابه بشماله فيقول يا ليتني لم أوت كتابيه |
| | | އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ |
|
5349 | 69 | 26 | ولم أدر ما حسابيه |
| | | އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ! |
|
5350 | 69 | 27 | يا ليتها كانت القاضية |
| | | އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ! |
|
5351 | 69 | 28 | ما أغنى عني ماليه |
| | | ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. |
|
5352 | 69 | 29 | هلك عني سلطانيه |
| | | ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ. |
|
5353 | 69 | 30 | خذوه فغلوه |
| | | (زبانىّ ملائكة ންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! |
|
5354 | 69 | 31 | ثم الجحيم صلوه |
| | | ދެން އޭނާ ނަރަކަޔަށް ވައްދާށެވެ! |
|