نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5337 | 69 | 14 | وحملت الأرض والجبال فدكتا دكة واحدة |
| | | އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ. |
|
5338 | 69 | 15 | فيومئذ وقعت الواقعة |
| | | ފަހެ، އެދުވަހުން قيامة ވާ ހުށްޓެވެ. |
|
5339 | 69 | 16 | وانشقت السماء فهي يومئذ واهية |
| | | އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ. |
|
5340 | 69 | 17 | والملك على أرجائها ويحمل عرش ربك فوقهم يومئذ ثمانية |
| | | އަދި ملائكة ން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرش ފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ. |
|
5341 | 69 | 18 | يومئذ تعرضون لا تخفى منكم خافية |
| | | އެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ. |
|
5342 | 69 | 19 | فأما من أوتي كتابه بيمينه فيقول هاؤم اقرءوا كتابيه |
| | | ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ! |
|
5343 | 69 | 20 | إني ظننت أني ملاق حسابيه |
| | | ހަމަކަށަވަރުން، ތިމަންގެ حساب ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް يقين ވިއެވެ. |
|
5344 | 69 | 21 | فهو في عيشة راضية |
| | | ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. |
|
5345 | 69 | 22 | في جنة عالية |
| | | މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. |
|
5346 | 69 | 23 | قطوفها دانية |
| | | އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. |
|