نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5319 | 68 | 48 | فاصبر لحكم ربك ولا تكن كصاحب الحوت إذ نادى وهو مكظوم |
| | | ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ބޮޑުމަހުގެ އެކުވެރިޔާ (އެބަހީ: يونس ގެފާނު) ފަދައިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! އެކަލޭގެފާނު، ބޮޑުވެގެންވާ ހިތާމައިގައިވާ حال، دعاء ކުރެއްވި ހިނދުގައެވެ. |
|
5320 | 68 | 49 | لولا أن تداركه نعمة من ربه لنبذ بالعراء وهو مذموم |
| | | އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވި نعمة އެއް، އެކަލޭގެފާނާ ހަމަޔަށް واصل ނުވިނަމަ، އެކަލޭގެފާނަށް މަލާމާތްލިބިގެންވާ حال (މަހުގެ ބަނޑުން، ކަނޑުގެ) އައްސޭރިޔަށް އެކަލޭގެފާނު އެއްލައިލެއްވީހެވެ. |
|
5321 | 68 | 50 | فاجتباه ربه فجعله من الصالحين |
| | | ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި صالح އަޅުންގެ ތެރެއިން އެކަލޭގެފާނު ލެއްވިއެވެ. |
|
5322 | 68 | 51 | وإن يكاد الذين كفروا ليزلقونك بأبصارهم لما سمعوا الذكر ويقولون إنه لمجنون |
| | | كافر ވި މީހުން قرآن ގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ. |
|
5323 | 68 | 52 | وما هو إلا ذكر للعالمين |
| | | عالم ތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ قرآن ނުވެއެވެ. |
|
5324 | 69 | 1 | بسم الله الرحمن الرحيم الحاقة |
| | | ކަށަވަރުވެގެންވާ قيامة ދުވަހެވެ. |
|
5325 | 69 | 2 | ما الحاقة |
| | | ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ |
|
5326 | 69 | 3 | وما أدراك ما الحاقة |
| | | ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
|
5327 | 69 | 4 | كذبت ثمود وعاد بالقارعة |
| | | ثمود ބާގައިމީހުންނާއި، عاد ބާގައިމީހުން قيامة ދުވަސް ދޮގުކުރޫއެވެ. |
|
5328 | 69 | 5 | فأما ثمود فأهلكوا بالطاغية |
| | | ފަހެ، ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ. |
|