نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5292 | 68 | 21 | فتنادوا مصبحين |
| | | ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ. |
|
5293 | 68 | 22 | أن اغدوا على حرثكم إن كنتم صارمين |
| | | ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ! |
|
5294 | 68 | 23 | فانطلقوا وهم يتخافتون |
| | | ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ. |
|
5295 | 68 | 24 | أن لا يدخلنها اليوم عليكم مسكين |
| | | މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް مسكين އަކު ވަނަދީގެނެއް ނުވާނެތެވެ. |
|
5296 | 68 | 25 | وغدوا على حرد قادرين |
| | | އަދި فقير ންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ قصد ގައި ހެނދުނާ އެއުރެން ދިޔައޫއެވެ. |
|
5297 | 68 | 26 | فلما رأوها قالوا إنا لضالون |
| | | ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ. |
|
5298 | 68 | 27 | بل نحن محرومون |
| | | އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محروم ވެގެންވާ ބަޔަކީމުއެވެ. |
|
5299 | 68 | 28 | قال أوسطهم ألم أقل لكم لولا تسبحون |
| | | އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (اللَّه ހަނދުމަކޮށް) تسبيح ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟ |
|
5300 | 68 | 29 | قالوا سبحان ربنا إنا كنا ظالمين |
| | | އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ. |
|
5301 | 68 | 30 | فأقبل بعضهم على بعض يتلاومون |
| | | ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ. |
|