نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5283 | 68 | 12 | مناع للخير معتد أثيم |
| | | ހެޔޮކަންތައް މަނާކުރުންގިނަ، ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ މީހާއެވެ. |
|
5284 | 68 | 13 | عتل بعد ذلك زنيم |
| | | ހިތްހަރު މީހާއެވެ. އެހުރިހާ ކަމަކަށްފަހުގައި، ބަފާ ނުކަށަވަރު ދަރިޔެކެވެ. |
|
5285 | 68 | 14 | أن كان ذا مال وبنين |
| | | އޭނާއީ މުދާވެރި، އަދި ދަރިންތިބި މީހަކަށްވީތީއެވެ. |
|
5286 | 68 | 15 | إذا تتلى عليه آياتنا قال أساطير الأولين |
| | | ތިމަންރަސްކަލާނގެ آية ތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ. |
|
5287 | 68 | 16 | سنسمه على الخرطوم |
| | | ނިކަންހުރެ އޭނާގެ ނޯށްމަތީގައި ތިމަންރަސްކަލާނގެ ފާހަގަލައްވާހުށީމެވެ. |
|
5288 | 68 | 17 | إنا بلوناهم كما بلونا أصحاب الجنة إذ أقسموا ليصرمنها مصبحين |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން امتحان ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ أهل ވެރިން امتحان ކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ. |
|
5289 | 68 | 18 | ولا يستثنون |
| | | އަދި އެއުރެން استثناء އެއް ނުކުރެތެވެ. (އެބަހީ: إن شاء اللَّه އޭ ނުބުނެތެވެ.) |
|
5290 | 68 | 19 | فطاف عليها طائف من ربك وهم نائمون |
| | | ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ. |
|
5291 | 68 | 20 | فأصبحت كالصريم |
| | | ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ. |
|
5292 | 68 | 21 | فتنادوا مصبحين |
| | | ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ. |
|