نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5264 | 67 | 23 | قل هو الذي أنشأكم وجعل لكم السمع والأبصار والأفئدة قليلا ما تشكرون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުން އުފައްދަވައި، ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ. |
|
5265 | 67 | 24 | قل هو الذي ذرأكم في الأرض وإليه تحشرون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ ތިޔަބައިމީހުން ބިމުގައި އުފެއްދެވި ރަސްކަލާނގެއެވެ. އަދި (قيامة ދުވަހުން) ތިޔަބައިމީހުން އެއްކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. |
|
5266 | 67 | 25 | ويقولون متى هذا الوعد إن كنتم صادقين |
| | | އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކުކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ |
|
5267 | 67 | 26 | قل إنما العلم عند الله وإنما أنا نذير مبين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! (އެކަން) ދެނެވޮޑިގަތުން ވާކަންކަށަވަރީ، اللَّه ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ބަޔާންވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. |
|
5268 | 67 | 27 | فلما رأوه زلفة سيئت وجوه الذين كفروا وقيل هذا الذي كنتم به تدعون |
| | | ފަހެ، އެއުރެންނަށް އެ وعد، ކައިރިން ފެނިއްޖެހިނދު، كافر ވިމީހުންގެ މޫނުތަކަށް ހިތާމަވެރިކަން ލިބިގެންދާނެތެވެ. އަދި އަންގަވާނެތެވެ. މިއީ ތިޔަބައިމީހުން އެދިގޮވާކަމުގައިވި ކަންތަކެވެ. |
|
5269 | 67 | 28 | قل أرأيتم إن أهلكني الله ومن معي أو رحمنا فمن يجير الكافرين من عذاب أليم |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! اللَّه ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނާ އެކުގައިވާ ބަޔަކު ހަލާކުކުރެއްވި ނަމަވެސް، ނުވަތަ ތިމަންމެންނަށް رحمة ލެއްވިނަމަވެސް، ފަހެ، ވޭންދެނިވި عذاب ން، كافر ން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟ |
|
5270 | 67 | 29 | قل هو الرحمن آمنا به وعليه توكلنا فستعلمون من هو في ضلال مبين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އެއީ رحمن ވަންތަ ރަސްކަލާނގެއެވެ. ތިމަންމެން އެކަލާނގެއަށް إيمان ވެއްޖައީމުއެވެ. އަދި ހަމައެކަނި އެކަލާނގެއަށް ތިމަންމެން وكيل ކޮށްފީމުއެވެ. ފަހެ، ބަޔާންވެގެންވާ ފުރެދުމެއްގައިވަނީ ކާކުކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. |
|
5271 | 67 | 30 | قل أرأيتم إن أصبح ماؤكم غورا فمن يأتيكم بماء معين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! ތިޔަބައިމީހުންގެ (ބޭނުންކުރާ) ފެން އަޑިޔަށް ހިނދިއްޖެނަމަ، ހިނގަހިނގާ ހުންނަ ފެނެއް ތިޔަބައިމީހުންނަށް ގެނެސްދޭހުށީ ފަހެ ކާކުހެއްޔެވެ؟ |
|
5272 | 68 | 1 | بسم الله الرحمن الرحيم ن والقلم وما يسطرون |
| | | ن (މި އަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) قلم އާއި (އެ قلم ން) އެއުރެން ލިޔާ ތަކެތި ގަންދެއްވައި وحى ކުރައްވަމެވެ. |
|
5273 | 68 | 2 | ما أنت بنعمة ربك بمجنون |
| | | ކަލޭގެފާނުގެ ވެރިރަސްކަލާނގެ نعمة ން ކަލޭގެފާނީ މޮޔަޔަކު ކަމުގައި ވެވަޑައިނުގަންނަވަމުއެވެ. |
|