نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5066 | 56 | 87 | ترجعونها إن كنتم صادقين |
| | | ފަހެ، ތިޔަބައިމީހުންނީ، عمل ތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ. |
|
5067 | 56 | 88 | فأما إن كان من المقربين |
| | | ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! |
|
5068 | 56 | 89 | فروح وريحان وجنت نعيم |
| | | ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ رزق އާއި، نعمة ގެ ސުވަރުގެ ހުށްޓެވެ. |
|
5069 | 56 | 90 | وأما إن كان من أصحاب اليمين |
| | | އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! |
|
5070 | 56 | 91 | فسلام لك من أصحاب اليمين |
| | | ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް سلام ހުށްޓެވެ. |
|
5071 | 56 | 92 | وأما إن كان من المكذبين الضالين |
| | | އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ! |
|
5072 | 56 | 93 | فنزل من حميم |
| | | ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ. |
|
5073 | 56 | 94 | وتصلية جحيم |
| | | އަދި ނަރަކަޔަށް ވެއްދެވުމެކެވެ. |
|
5074 | 56 | 95 | إن هذا لهو حق اليقين |
| | | ހަމަކަށަވަރުން، މިއީ يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ. |
|
5075 | 56 | 96 | فسبح باسم ربك العظيم |
| | | ފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ! |
|