نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5056 | 56 | 77 | إنه لقرآن كريم |
| | | ހަމަކަށަވަރުން، އެއީ މާތްވެގެންވާ قرآن ކަން ކަށަވަރެވެ. |
|
5057 | 56 | 78 | في كتاب مكنون |
| | | ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ. |
|
5058 | 56 | 79 | لا يمسه إلا المطهرون |
| | | طاهر ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ. |
|
5059 | 56 | 80 | تنزيل من رب العالمين |
| | | (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ. |
|
5060 | 56 | 81 | أفبهذا الحديث أنتم مدهنون |
| | | ތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި قرآن އާ މެދުގައި) ހެއްޔެވެ؟ |
|
5061 | 56 | 82 | وتجعلون رزقكم أنكم تكذبون |
| | | އަދި ތިޔަބައިމީހުންނަށް رزق ދެއްވިކަމުގެ މައްޗަށްކުރާ شكر އަކީ (އެ رزق ދެއްވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ. |
|
5062 | 56 | 83 | فلولا إذا بلغت الحلقوم |
| | | ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ. |
|
5063 | 56 | 84 | وأنتم حينئذ تنظرون |
| | | އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ. |
|
5064 | 56 | 85 | ونحن أقرب إليه منكم ولكن لا تبصرون |
| | | އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ. |
|
5065 | 56 | 86 | فلولا إن كنتم غير مدينين |
| | | އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ. |
|