نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5036 | 56 | 57 | نحن خلقناكم فلولا تصدقون |
| | | ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟ |
|
5037 | 56 | 58 | أفرأيتم ما تمنون |
| | | ތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟ |
|
5038 | 56 | 59 | أأنتم تخلقونه أم نحن الخالقون |
| | | އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
|
5039 | 56 | 60 | نحن قدرنا بينكم الموت وما نحن بمسبوقين |
| | | އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
|
5040 | 56 | 61 | على أن نبدل أمثالكم وننشئكم في ما لا تعلمون |
| | | ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. |
|
5041 | 56 | 62 | ولقد علمتم النشأة الأولى فلولا تذكرون |
| | | ހަމަކަށަވަރުން، ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެއެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ކީއްވެހެއްޔެވެ؟ |
|
5042 | 56 | 63 | أفرأيتم ما تحرثون |
| | | ތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ |
|
5043 | 56 | 64 | أأنتم تزرعونه أم نحن الزارعون |
| | | އެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
|
5044 | 56 | 65 | لو نشاء لجعلناه حطاما فظلتم تفكهون |
| | | ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން حيران ވެފައި ތިބެއްޖައީހެވެ. |
|
5045 | 56 | 66 | إنا لمغرمون |
| | | (ތިޔަބައިމީހުން ބުނާނޫއެވެ.) ހަމަކަށަވަރުން، ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ. |
|