نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5020 | 56 | 41 | وأصحاب الشمال ما أصحاب الشمال |
| | | ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ |
|
5021 | 56 | 42 | في سموم وحميم |
| | | (އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ. |
|
5022 | 56 | 43 | وظل من يحموم |
| | | އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ. |
|
5023 | 56 | 44 | لا بارد ولا كريم |
| | | ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ. |
|
5024 | 56 | 45 | إنهم كانوا قبل ذلك مترفين |
| | | ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. |
|
5025 | 56 | 46 | وكانوا يصرون على الحنث العظيم |
| | | އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ. |
|
5026 | 56 | 47 | وكانوا يقولون أئذا متنا وكنا ترابا وعظاما أإنا لمبعوثون |
| | | އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟ |
|
5027 | 56 | 48 | أوآباؤنا الأولون |
| | | އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟ |
|
5028 | 56 | 49 | قل إن الأولين والآخرين |
| | | އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟ |
|
5029 | 56 | 50 | لمجموعون إلى ميقات يوم معلوم |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ. |
|