نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5016 | 56 | 37 | عربا أترابا |
| | | ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ. |
|
5017 | 56 | 38 | لأصحاب اليمين |
| | | ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ. |
|
5018 | 56 | 39 | ثلة من الأولين |
| | | އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. |
|
5019 | 56 | 40 | وثلة من الآخرين |
| | | އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ. |
|
5020 | 56 | 41 | وأصحاب الشمال ما أصحاب الشمال |
| | | ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ |
|
5021 | 56 | 42 | في سموم وحميم |
| | | (އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ. |
|
5022 | 56 | 43 | وظل من يحموم |
| | | އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ. |
|
5023 | 56 | 44 | لا بارد ولا كريم |
| | | ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ. |
|
5024 | 56 | 45 | إنهم كانوا قبل ذلك مترفين |
| | | ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. |
|
5025 | 56 | 46 | وكانوا يصرون على الحنث العظيم |
| | | އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ. |
|