نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4975 | 55 | 74 | لم يطمثهن إنس قبلهم ولا جان |
| | | އެއުރެންގެ ކުރިން، އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ. |
|
4976 | 55 | 75 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4977 | 55 | 76 | متكئين على رفرف خضر وعبقري حسان |
| | | ފެހިކުލައިގެ ބާލީސްތަކުގައި ލެނގިލައިގެން، އަދި مخمل ގެ ގޮދަޑިތަކާއި، ރީތި ދޫލަތަކުގައި ތިބޭ حال ގައެވެ. |
|
4978 | 55 | 77 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4979 | 55 | 78 | تبارك اسم ربك ذي الجلال والإكرام |
| | | ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ اسم ފުޅު މަތިވެރިވެގެންވެއެވެ. |
|
4980 | 56 | 1 | بسم الله الرحمن الرحيم إذا وقعت الواقعة |
| | | قيامة ވެއްޖެހިނދެވެ. |
|
4981 | 56 | 2 | ليس لوقعتها كاذبة |
| | | އެކަންވާނޭކަމާމެދު إنكار ކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ. |
|
4982 | 56 | 3 | خافضة رافعة |
| | | އެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.) |
|
4983 | 56 | 4 | إذا رجت الأرض رجا |
| | | ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ. |
|
4984 | 56 | 5 | وبست الجبال بسا |
| | | އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ. |
|