نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4920 | 55 | 19 | مرج البحرين يلتقيان |
| | | އެކަލާނގެ ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެތެވެ. |
|
4921 | 55 | 20 | بينهما برزخ لا يبغيان |
| | | އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެތެވެ. |
|
4922 | 55 | 21 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4923 | 55 | 22 | يخرج منهما اللؤلؤ والمرجان |
| | | އެ ދެކަނޑުން ރަންމުތާއި، مرجان ފައިދާވެ ނުކުމެއެވެ. |
|
4924 | 55 | 23 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4925 | 55 | 24 | وله الجوار المنشآت في البحر كالأعلام |
| | | އަދި ކަނޑުގައި ދުއްވުމަށް ހަދާފައިވާ އުސްފަރުބަދަތައްފަދަ އުޅަނދުފަހަރު ملك ވެގެންވަނީ، އެކަލާނގެއަށެވެ. |
|
4926 | 55 | 25 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4927 | 55 | 26 | كل من عليها فان |
| | | އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. |
|
4928 | 55 | 27 | ويبقى وجه ربك ذو الجلال والإكرام |
| | | އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذات ފުޅު ދެމިވޮޑިގެންވެއެވެ. |
|
4929 | 55 | 28 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|