نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4904 | 55 | 3 | خلق الإنسان |
| | | އެކަލާނގެ އިންސާނާ ހެއްދެވިއެވެ. |
|
4905 | 55 | 4 | علمه البيان |
| | | އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ. |
|
4906 | 55 | 5 | الشمس والقمر بحسبان |
| | | އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ. |
|
4907 | 55 | 6 | والنجم والشجر يسجدان |
| | | އަދި ފަތްޕިލާވެއްޔާއި، ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ، سجدة ކުރެތެވެ. |
|
4908 | 55 | 7 | والسماء رفعها ووضع الميزان |
| | | އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި عدل إنصاف ލެއްވިއެވެ. |
|
4909 | 55 | 8 | ألا تطغوا في الميزان |
| | | މިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށްޓަކައެވެ. |
|
4910 | 55 | 9 | وأقيموا الوزن بالقسط ولا تخسروا الميزان |
| | | عدل إنصاف ގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ! |
|
4911 | 55 | 10 | والأرض وضعها للأنام |
| | | އަދި خلق ތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވާފައިވެއެވެ. |
|
4912 | 55 | 11 | فيها فاكهة والنخل ذات الأكمام |
| | | އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ. |
|
4913 | 55 | 12 | والحب ذو العصف والريحان |
| | | އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ. |
|