نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4897 | 54 | 51 | ولقد أهلكنا أشياعكم فهل من مدكر |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނާ އެއްފަދަވެގެންވާ މީހުން ހަލާކުކުރެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ނުވޭހެއްޔެވެ؟ |
|
4898 | 54 | 52 | وكل شيء فعلوه في الزبر |
| | | އަދި އެއުރެންކުޅަ ކޮންމެކަމެއް، ފަތްފުށްތަކުގައިވެއެވެ. |
|
4899 | 54 | 53 | وكل صغير وكبير مستطر |
| | | އަދި ކުދިބޮޑު އެންމެހާ ކަންތައް (اللّوح المحفوظ ގައި) ލިޔުއްވާފައިވެއެވެ. |
|
4900 | 54 | 54 | إن المتقين في جنات ونهر |
| | | ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ބާވަތްބާވަތުގެ ކޯރުތަކުގެ نعمة ގައެވެ. |
|
4901 | 54 | 55 | في مقعد صدق عند مليك مقتدر |
| | | ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ حضرة ގައެވެ. |
|
4902 | 55 | 1 | بسم الله الرحمن الرحيم الرحمن |
| | | رحمن ވަންތަ ރަސްކަލާނގެއެވެ. |
|
4903 | 55 | 2 | علم القرآن |
| | | އެކަލާނގެ قرآن އުނގަންނައިދެއްވިއެވެ. |
|
4904 | 55 | 3 | خلق الإنسان |
| | | އެކަލާނގެ އިންސާނާ ހެއްދެވިއެވެ. |
|
4905 | 55 | 4 | علمه البيان |
| | | އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ. |
|
4906 | 55 | 5 | الشمس والقمر بحسبان |
| | | އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ. |
|