نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4862 | 54 | 16 | فكيف كان عذابي ونذر |
| | | ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ |
|
4863 | 54 | 17 | ولقد يسرنا القرآن للذكر فهل من مدكر |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ |
|
4864 | 54 | 18 | كذبت عاد فكيف كان عذابي ونذر |
| | | عاد ބާގައިމީހުންވެސް ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ |
|
4865 | 54 | 19 | إنا أرسلنا عليهم ريحا صرصرا في يوم نحس مستمر |
| | | ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. |
|
4866 | 54 | 20 | تنزع الناس كأنهم أعجاز نخل منقعر |
| | | އެ ވައިރޯޅިއައިސް، މީސްތަކުން (ތިބިތަނުން) ލުހެލަތެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެއުރެން ވާކަހަލައެވެ. |
|
4867 | 54 | 21 | فكيف كان عذابي ونذر |
| | | ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ |
|
4868 | 54 | 22 | ولقد يسرنا القرآن للذكر فهل من مدكر |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާމީހަކު ވޭހެއްޔެވެ؟ |
|
4869 | 54 | 23 | كذبت ثمود بالنذر |
| | | ثمود ބާގައިމީހުން إنذار ތައް ދޮގުކުރޫއެވެ. |
|
4870 | 54 | 24 | فقالوا أبشرا منا واحدا نتبعه إنا إذا لفي ضلال وسعر |
| | | ފަހެ އެއުރެން ބުނޫއެވެ. ތިމަންމެން تبع ވާންވީ ތިމަންމެންގެ ތެރެއިން އެންމެ آدم ގެދަރިޔަކަށް ހެއްޔެވެ؟ އެހެންވިއްޔާ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، މަގުފުރެދުމާއި، މޮޔަކަމެއްގެ ތެރޭގައިކަން ކަށަވަރެވެ. |
|
4871 | 54 | 25 | أألقي الذكر عليه من بيننا بل هو كذاب أشر |
| | | ތިމަންމެންގެ ތެރެއިން، ހަމަ އޭނާޔަށް وحى ބާވައިލެއްވީހެއްޔެވެ؟ އަދި ކިއެއްތަ! އޭނާޔަކީ ބޮޑު ދޮގުވެރި، ބޮޑާ މީީހެކެވެ. |
|