نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4805 | 53 | 21 | ألكم الذكر وله الأنثى |
| | | ތިޔަބައިމީހުންނަށް ފިރިހެންދަރިންވެފައި، އެކަލާނގެއަށް އަންހެންދަރިން ވަނީ ހެއްޔެވެ؟ |
|
4806 | 53 | 22 | تلك إذا قسمة ضيزى |
| | | (އެހެންވަނީނަމަ) އެއީ حق މަގުން އެއްކިބާވެގެންވާ ބައިކުރުމެކެވެ. |
|
4807 | 53 | 23 | إن هي إلا أسماء سميتموها أنتم وآباؤكم ما أنزل الله بها من سلطان إن يتبعون إلا الظن وما تهوى الأنفس ولقد جاءهم من ربهم الهدى |
| | | އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައިނޫނީ ނުވެތެވެ. އެތަކެއްޗަށް اللَّه އެއްވެސްބާރެއް ދެއްވައިފައެއް ނުވެތެވެ. ހީއަކަށާއި، هوىنفس ގެ އެދުންތަކަކަށް މެނުވީ އެއުރެން تبع ވާކަމުގައި ނުވެތެވެ. ހަމަކަށަވަރުން، އެއުރެންނާ ހަމަޔަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ތެދުމަގު އައިސްފައިވާކަން ކަށަވަރެވެ. |
|
4808 | 53 | 24 | أم للإنسان ما تمنى |
| | | އަދި ކިއެއްތަ! އިންސާނާއަށް އޭނާ އެދޭހާކަމެއް ލިބޭހެއްޔެވެ؟ |
|
4809 | 53 | 25 | فلله الآخرة والأولى |
| | | ފަހެ، ދުނިޔެއާއި، آخرة ގެ ކަންތައް މިލްކުވެ خاص ވެގެންވަނީ اللَّه އަށެވެ. |
|
4810 | 53 | 26 | وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى |
| | | އަދި اللّه އިރާދަކުރައްވާ މީހަކަށް އެކަލާނގެ إذن ދެއްވައި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ، އެއުރެންގެ شفاعة ން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް ملائكة ން އުޑުތަކުގައި ވޭހެއްޔެވެ؟ |
|
4811 | 53 | 27 | إن الذين لا يؤمنون بالآخرة ليسمون الملائكة تسمية الأنثى |
| | | ހަމަކަށަވަރުން، آخرة އަށް إيمان ނުވާމީހުން ملائكة ންނަށް، އަންހެނުންގެ ނަމުން ނަންދޭކަން ކަށަވަރެވެ. |
|
4812 | 53 | 28 | وما لهم به من علم إن يتبعون إلا الظن وإن الظن لا يغني من الحق شيئا |
| | | އެއުރެންނަށް އެކަމުގެ އެއްވެސް علم އެއް ލިބިގެންނުވާ حال ގައެވެ. ހީއަކަށް މެނުވީ އެއުރެން تبع ވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ. |
|
4813 | 53 | 29 | فأعرض عن من تولى عن ذكرنا ولم يرد إلا الحياة الدنيا |
| | | ފަހެ، ތިމަންރަސްކަލާނގެ ހަނދާންކުރުމުން އެއްކިބާވެ، ފުރަގަސްދީ، އަދި ދުނިޔޭގެ ދިރިއުޅުން ނޫންކަމެއް ނޭދޭމީހާ، ކަލޭގެފާނު ދޫކޮށްލައްވާށެވެ! |
|
4814 | 53 | 30 | ذلك مبلغهم من العلم إن ربك هو أعلم بمن ضل عن سبيله وهو أعلم بمن اهتدى |
| | | علم ގެ ތެރެއިން އެއުރެންނަށް ލިބިފައިވާ މިންވަރަކީ އެއީއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން ފުރެދިގެންދިޔަމީހާ ދެނެވޮޑިގަތުން ބޮޑެވެ. އަދި އެކަލާނގެ، ތެދުމަގު ލިބިގަތްމީހާ ދެނެވޮޑިގަތުންވެސް ބޮޑުމެއެވެ. |
|