نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4755 | 52 | 20 | متكئين على سرر مصفوفة وزوجناهم بحور عين |
| | | (އެއުރެން ތިބޭނީ) އެތުރިފައިވާ ދާންތަކެއްގެ މަތީގައި ލެނގިލައިގެންވާ حال ގައެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް حورالعين ން އަނބިކޮށްދެއްވީމެވެ. |
|
4756 | 52 | 21 | والذين آمنوا واتبعتهم ذريتهم بإيمان ألحقنا بهم ذريتهم وما ألتناهم من عملهم من شيء كل امرئ بما كسب رهين |
| | | އަދި إيمان ވިމީހުން އެއުރެންގެ ދަރިން إيمان ވުމާއެކު، އެއުރެންނަށް تبع ވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ عمل އަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި عمل އަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ. |
|
4757 | 52 | 22 | وأمددناهم بفاكهة ولحم مما يشتهون |
| | | އަދި އެއުރެން ހިތްއެދޭ މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ. |
|
4758 | 52 | 23 | يتنازعون فيها كأسا لا لغو فيها ولا تأثيم |
| | | އެ ސުވަރުގޭގައި މަސްތުކުރުމެއް، އަދި ފާފަވެރިކުރުމެއްނުވާ، ބުއިމުގެ ތަށިތަކެއް އެކަކު އަނެކަކަށް ދީހަދާނެތެވެ. |
|
4759 | 52 | 24 | ويطوف عليهم غلمان لهم كأنهم لؤلؤ مكنون |
| | | އަދި އެއުރެންނަށް خاص ވެފައިވާ ފިރިހެންކުދިން އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. އެކުދިން ރައްކާތެރިވެގެންވާ މުތީތަކެއްފަދައެވެ. |
|
4760 | 52 | 25 | وأقبل بعضهم على بعض يتساءلون |
| | | އަދި އެކަކު އަނެކަކާ سؤال ކުރަމުން، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ. |
|
4761 | 52 | 26 | قالوا إنا كنا قبل في أهلنا مشفقين |
| | | އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ أهل ވެރިންގެ ތެރޭގައި އުޅުނުއިރު (اللَّه ގެ عذاب އަށް) ބިރުވެތިވެގެންވީމުއެވެ. |
|
4762 | 52 | 27 | فمن الله علينا ووقانا عذاب السموم |
| | | ދެން اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންނެވިއެވެ. އަދި ނަރަކައިގެ عذاب ން ތިމަންމެން ދިންނެވިއެވެ. |
|
4763 | 52 | 28 | إنا كنا من قبل ندعوه إنه هو البر الرحيم |
| | | ހަމަކަށަވަރުން، ކުރިން ތިމަންމެން އެކަލާނގެއަށް އަޅުކަންކޮށް އުޅުނީމުއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، إحسان ތެރިވަންތަ، رحيم ވަންތަ ކަލާނގެއެވެ. |
|
4764 | 52 | 29 | فذكر فما أنت بنعمت ربك بكاهن ولا مجنون |
| | | ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ފުޅުން ކަލޭގެފާނީ، كاهن އަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެތެވެ. |
|