نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4741 | 52 | 6 | والبحر المسجور |
| | | ފުރިގެންވާ ކަނޑާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحى ކުރައްވަމެވެ. |
|
4742 | 52 | 7 | إن عذاب ربك لواقع |
| | | ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذاب އަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ. |
|
4743 | 52 | 8 | ما له من دافع |
| | | އެ عذاب (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެތެވެ. |
|
4744 | 52 | 9 | يوم تمور السماء مورا |
| | | އެއީ އުޑު، ވަރަށްގަދަޔަށް ގުޑައިގެންދާ ދުވަހެވެ. |
|
4745 | 52 | 10 | وتسير الجبال سيرا |
| | | އަދި ފަރުބަދަތައް (ހުރިތަނުން ނެއްޓި) ހިނގައިގަންނަ ދުވަހެވެ. |
|
4746 | 52 | 11 | فويل يومئذ للمكذبين |
| | | ފަހެ، އެދުވަހުން ދޮގުކުރާ މީހުންނަށް ގެއްލުމާއި، ހަލާކު ހުށްޓެވެ. |
|
4747 | 52 | 12 | الذين هم في خوض يلعبون |
| | | އެއުރެންނީ ހަމަ باطل ވާހަކައިގައި ކުޅެކުޅެތިބޭ މީހުންނެވެ. |
|
4748 | 52 | 13 | يوم يدعون إلى نار جهنم دعا |
| | | އެދުވަހު ނަރަކައިގެ އަލިފާނުގެ ތެރެޔަށް އެއުރެން ކޮއްޕައި ވައްޓައިލައްވާނެތެވެ. |
|
4749 | 52 | 14 | هذه النار التي كنتم بها تكذبون |
| | | (އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކަޔެވެ. |
|
4750 | 52 | 15 | أفسحر هذا أم أنتم لا تبصرون |
| | | ފަހެ، މިއީވެސް ޖާދޫހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟ |
|