نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4730 | 51 | 55 | وذكر فإن الذكرى تنفع المؤمنين |
| | | ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمن ންނަށް މަންފާކުރާނޭ ކަމެކެވެ. |
|
4731 | 51 | 56 | وما خلقت الجن والإنس إلا ليعبدون |
| | | ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. |
|
4732 | 51 | 57 | ما أريد منهم من رزق وما أريد أن يطعمون |
| | | އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ رزق އަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. |
|
4733 | 51 | 58 | إن الله هو الرزاق ذو القوة المتين |
| | | ހަމަކަށަވަރުން، اللَّه އީ، رزق ދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެއެވެ. |
|
4734 | 51 | 59 | فإن للذين ظلموا ذنوبا مثل ذنوب أصحابهم فلا يستعجلون |
| | | ފަހެ، ހަމަކަށަވަރުން، އަނިޔާވެރިވި މީސްތަކުންނަށް عذاب ގެ حصّة އެއް ހުށްޓެވެ. (އެއީ) އެއުރެންގެ އެކުވެރިން ކަމުގައިވި މީހުންނަށްހުރި عذاب އަކާ އެއްފަދަ حصّة އެކެވެ. ފަހެ، عذاب އަވަސްވުންއެދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން، ނޭދޭހުށިކަމެވެ! |
|
4735 | 51 | 60 | فويل للذين كفروا من يومهم الذي يوعدون |
| | | ފަހެ كافر ވި މީހުންނަށް އެއުރެންނަށް وعد ކުރައްވާ ދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ. |
|
4736 | 52 | 1 | بسم الله الرحمن الرحيم والطور |
| | | طور ފަރުބަދައާއި، |
|
4737 | 52 | 2 | وكتاب مسطور |
| | | طور ފަރުބަދައާއި، |
|
4738 | 52 | 3 | في رق منشور |
| | | ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި، |
|
4739 | 52 | 4 | والبيت المعمور |
| | | البيت المـعمور އާއި (އެބަހީ: އުޑުގައި ملائكة ން އަޅުކަން ކުރައްވާ ތަނާއި) |
|