نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4688 | 51 | 13 | يوم هم على النار يفتنون |
| | | (އެއީ) ނަރަކައިގެ عذاب އަށް އެއުރެން ހުށަހަޅުއްވާނޭ ދުވަހުއެވެ. |
|
4689 | 51 | 14 | ذوقوا فتنتكم هذا الذي كنتم به تستعجلون |
| | | (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންގެ عذاب ގެ ރަހަ ލިބިގަންނާށެވެ! މިއީ (ދުނިޔެމަތީގައި) ތިޔަބައިމީހުން އަވަސްވުންއެދި އުޅުނު عذاب އެވެ. |
|
4690 | 51 | 15 | إن المتقين في جنات وعيون |
| | | ހަމަކަށަވަރުން، تقوى ވެރިިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ. |
|
4691 | 51 | 16 | آخذين ما آتاهم ربهم إنهم كانوا قبل ذلك محسنين |
| | | އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ثواب ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ إحسان ތެރިން ކަމުގައެވެ. |
|
4692 | 51 | 17 | كانوا قليلا من الليل ما يهجعون |
| | | އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. |
|
4693 | 51 | 18 | وبالأسحار هم يستغفرون |
| | | އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. |
|
4694 | 51 | 19 | وفي أموالهم حق للسائل والمحروم |
| | | އަދި سؤال ކޮށް އެދޭ މީހުންނަށާއި، ނިކަމެތި محروم ންނަށް އެއުރެންގެ މުދަލުގައި حق އެއްވެއެވެ. |
|
4695 | 51 | 20 | وفي الأرض آيات للموقنين |
| | | يقين ކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ. |
|
4696 | 51 | 21 | وفي أنفسكم أفلا تبصرون |
| | | އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟ |
|
4697 | 51 | 22 | وفي السماء رزقكم وما توعدون |
| | | އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް وعد ކުރައްވާހާ ކަމެއް (ގެأمر ފުޅު) އުޑުގައިވެއެވެ. |
|