نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4554 | 47 | 9 | ذلك بأنهم كرهوا ما أنزل الله فأحبط أعمالهم |
| | | އެއީ އެއުރެން، اللَّه ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ. |
|
4555 | 47 | 10 | أفلم يسيروا في الأرض فينظروا كيف كان عاقبة الذين من قبلهم دمر الله عليهم وللكافرين أمثالها |
| | | ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެެވެ؟ އެއުރެންގެ މައްޗަށް اللَّه ހަލާކުފޮނުއްވައި ނެތިކުރެއްވިއެވެ. އަދި، كافر ވި މީހުންނަށްހުރީ އެފަދަ عقوبات ތަކެވެ. |
|
4556 | 47 | 11 | ذلك بأن الله مولى الذين آمنوا وأن الكافرين لا مولى لهم |
| | | އެއީ إيمان ވި މީހުންނަށް އެހީތެރިވެ، نصر ދެއްވާ ފަރާތެއްކަމުގައި اللَّه ވޮޑިގެންވާކަމުންނެވެ. އަދި، كافر ވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ. |
|
4557 | 47 | 12 | إن الله يدخل الذين آمنوا وعملوا الصالحات جنات تجري من تحتها الأنهار والذين كفروا يتمتعون ويأكلون كما تأكل الأنعام والنار مثوى لهم |
| | | ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަ މީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް اللَّه (އެއުރެން) ވައްދަވާނެތެވެ. އަދި كافر ވިމީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެއުރެން ފަސޭހަކަމާއި އަރާމު ލިބިގަނެ، نعم ސޫފި ކައިއުޅޭފަދައިން އެއުރެން ކައިއުޅެތެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. |
|
4558 | 47 | 13 | وكأين من قرية هي أشد قوة من قريتك التي أخرجتك أهلكناهم فلا ناصر لهم |
| | | ކަލޭގެފާނު އެ ރަށަކުން ބޭރުކޮށް ނެރެލި، ކަލޭގެފާނުގެ ރަށަށްވުރެ ބާރުގަދަ ކިތައްކިތައް ރަށުގެ أهل ވެރިން، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރައްވައި ނެތިކުރެއްވިންހެއްޔެވެ! ފަހެ، އެއުރެންނަށް نصر ދޭނޭ އެއްވެސް މީހަކު ނުވެއެވެ. |
|
4559 | 47 | 14 | أفمن كان على بينة من ربه كمن زين له سوء عمله واتبعوا أهواءهم |
| | | ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ حضرة ން އައި ސާފު ހެތްކެއްގެ މަތީގައިވާ މީހަކު، އެމީހެއްގެ ނުބައި عمل އެމީހަކަށް زينة ތެރިކުރައްވާފައިވާ މީހަކާއި، އެއުރެންގެ هوىنفس ގެ އެދުންތަކަށް تبع ވެގެންވާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟ |
|
4560 | 47 | 15 | مثل الجنة التي وعد المتقون فيها أنهار من ماء غير آسن وأنهار من لبن لم يتغير طعمه وأنهار من خمر لذة للشاربين وأنهار من عسل مصفى ولهم فيها من كل الثمرات ومغفرة من ربهم كمن هو خالد في النار وسقوا ماء حميما فقطع أمعاءهم |
| | | تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ نعمة ތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟ |
|
4561 | 47 | 16 | ومنهم من يستمع إليك حتى إذا خرجوا من عندك قالوا للذين أوتوا العلم ماذا قال آنفا أولئك الذين طبع الله على قلوبهم واتبعوا أهواءهم |
| | | އެއުރެންގެ ތެރެއިން (އެބަހީ: كافر ންގެ ތެރެއިން) ބަޔަކު، ކަލޭގެފާނު ވިދާޅުވާ ވިދާޅުވުމަށް އަހައިއުޅެތެވެ. ކަލޭގެފާނުގެ އަރިހުން އެއުރެން ނުކުންނަހިނދު، علم ލިބިގެންވާ މީހުންނަށް އެއުރެން ބުނެތެވެ. އެކަލޭގެފާނު ދެންމެއަކު ވިދާޅުވީ ކީކޭހެއްޔެވެ؟ އެއުރެންނީ، اللَّه އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައި، ބަންދުކުރައްވާފައިވާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ هوىنفس ގެ އެދުންތަކަށް تبع ވެގެންވާ މީހުންނެވެ. |
|
4562 | 47 | 17 | والذين اهتدوا زادهم هدى وآتاهم تقواهم |
| | | ތެދުމަގު ލިބިގެންވާ މީހުންނަށް، އެކަލާނގެ ތެދުމަގު އިތުރުކުރެއްވިއެވެ. އަދި އެއުރެން تقوى ވެރިވެ، ރައްކާތެރިވުމުގެ މަގު އެކަލާނގެ އެއުރެންނަށް ފަހިކޮށްދެއްވިއެވެ. |
|
4563 | 47 | 18 | فهل ينظرون إلا الساعة أن تأتيهم بغتة فقد جاء أشراطها فأنى لهم إذا جاءتهم ذكراهم |
| | | ފަހެ، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިޔަކަށް قيامة ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އެކަމުގެ علامات ތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާ ހަމަޔަށް އަތުވެއްޖެހިނދު، އެއުރެންގެ ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ؟ |
|