نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4549 | 47 | 4 | فإذا لقيتم الذين كفروا فضرب الرقاب حتى إذا أثخنتموهم فشدوا الوثاق فإما منا بعد وإما فداء حتى تضع الحرب أوزارها ذلك ولو يشاء الله لانتصر منهم ولكن ليبلو بعضكم ببعض والذين قتلوا في سبيل الله فلن يضل أعمالهم |
| | | ފަހެ، (ހަނގުރާމައިގެ މައިދާނުގައި) ތިޔަބައިމީހުން كافر ންނާ ބައްދަލުވާހިނދު، އެއުރެންގެ ކަނދުރާތަކުގައި ޖަހައި قتل ކުރާށެވެ! (ތިޔަބައިމީހުންގެ ބާރު ގަދަކޮށް) އެއުރެން قتل ކުރުން ގިނަކޮށްފުމަށްދާނދެނެވެ. ފަހެ، (އެހިނދު އެއުރެން) ވަރުގަދަޔަށް ބަނދެ ހައްޔަރުކުރާށެވެ! ދެން އެޔަށްފަހު (އެބަހީ: ހަނގުރާމަ ނިމުމަށްފަހު) އޮތީ ތިޔަބައިމީހުން އެއުރެން ދޫކޮށްލުމެވެ. ނުވަތަ އެއުރެންގެ އަތުން فدية ނެގުމެވެ. (ތިޔަބައިމީހުން މިގޮތުގައި ދެމިތިބޭހުށީ) ހަނގުރާމައިގެ ހަތިޔާރުތައް ބަހައްޓައިފުމަށްދާނދެނެވެ. އެއުރެންނާމެދު ކަންތައް އޮތްގޮތީ އެއީއެވެ. އަދި، اللَّه އިރާދަކުރައްވާނަމަ (ހަނގުރާމަކުރުމަކާ ނުލައި) އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަށް نصر ލިބުނީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (جهاد شرع ކުރެއްވީ) ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު امتحان ކުރެއްވުމަށްޓަކައެވެ. އަދި، اللَّه ގެ މަގުގައި قتل ވީ މީހުން ފަހެ، އެއުރެންގެ عمل ތައް އެކަލާނގެ ގެއްލެނި ނުކުރައްވާނެތެވެ. |
|
4550 | 47 | 5 | سيهديهم ويصلح بالهم |
| | | އެކަލާނގެ އެއުރެންނަށް (ރަނގަޅު ކަންތަކަށް) މަގުދައްކަވާނެތެވެ. އަދި އެކަލާނގެ އެއުރެންގެ އެންމެހާ حال ތައް، إصلاح ކުރައްވާނެތެވެ. |
|
4551 | 47 | 6 | ويدخلهم الجنة عرفها لهم |
| | | އަދި ސުވަރުގެޔަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެ ސުވަރުގެ ވަނީ، އެއުރެންނަށް އަންގަވައި ބަޔާންކޮށްދެއްވާފައެވެ. |
|
4552 | 47 | 7 | يا أيها الذين آمنوا إن تنصروا الله ينصركم ويثبت أقدامكم |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް (އެބަހީ: اللَّه ގެ دين އަށް) نصر ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصر ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابت ކުރައްވާނެތެވެ. |
|
4553 | 47 | 8 | والذين كفروا فتعسا لهم وأضل أعمالهم |
| | | كافر ވިމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ހަލާކާއި، އަބާއްޖަވެރިކަންހުށްޓެވެ. އަދި، އެކަލާނގެ އެއުރެންގެ عمل ތައް ގެއްލެނިކުރެއްވިއެވެ. |
|
4554 | 47 | 9 | ذلك بأنهم كرهوا ما أنزل الله فأحبط أعمالهم |
| | | އެއީ އެއުރެން، اللَّه ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ. |
|
4555 | 47 | 10 | أفلم يسيروا في الأرض فينظروا كيف كان عاقبة الذين من قبلهم دمر الله عليهم وللكافرين أمثالها |
| | | ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެެވެ؟ އެއުރެންގެ މައްޗަށް اللَّه ހަލާކުފޮނުއްވައި ނެތިކުރެއްވިއެވެ. އަދި، كافر ވި މީހުންނަށްހުރީ އެފަދަ عقوبات ތަކެވެ. |
|
4556 | 47 | 11 | ذلك بأن الله مولى الذين آمنوا وأن الكافرين لا مولى لهم |
| | | އެއީ إيمان ވި މީހުންނަށް އެހީތެރިވެ، نصر ދެއްވާ ފަރާތެއްކަމުގައި اللَّه ވޮޑިގެންވާކަމުންނެވެ. އަދި، كافر ވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ. |
|
4557 | 47 | 12 | إن الله يدخل الذين آمنوا وعملوا الصالحات جنات تجري من تحتها الأنهار والذين كفروا يتمتعون ويأكلون كما تأكل الأنعام والنار مثوى لهم |
| | | ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަ މީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް اللَّه (އެއުރެން) ވައްދަވާނެތެވެ. އަދި كافر ވިމީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެއުރެން ފަސޭހަކަމާއި އަރާމު ލިބިގަނެ، نعم ސޫފި ކައިއުޅޭފަދައިން އެއުރެން ކައިއުޅެތެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. |
|
4558 | 47 | 13 | وكأين من قرية هي أشد قوة من قريتك التي أخرجتك أهلكناهم فلا ناصر لهم |
| | | ކަލޭގެފާނު އެ ރަށަކުން ބޭރުކޮށް ނެރެލި، ކަލޭގެފާނުގެ ރަށަށްވުރެ ބާރުގަދަ ކިތައްކިތައް ރަށުގެ أهل ވެރިން، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރައްވައި ނެތިކުރެއްވިންހެއްޔެވެ! ފަހެ، އެއުރެންނަށް نصر ދޭނޭ އެއްވެސް މީހަކު ނުވެއެވެ. |
|