نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4453 | 44 | 39 | ما خلقناهما إلا بالحق ولكن أكثرهم لا يعلمون |
| | | حق ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ، އެ ދެތަނެއް ނަހައްދަވަމެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ. |
|
4454 | 44 | 40 | إن يوم الفصل ميقاتهم أجمعين |
| | | ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަހަކީ، އެއުރެން އެންމެންނަށް ކަނޑައަޅުއްވާފައިވާ ميعاد އެވެ. |
|
4455 | 44 | 41 | يوم لا يغني مولى عن مولى شيئا ولا هم ينصرون |
| | | (އެއީ) އެއްވެސް އެހީތެރިޔަކަށް، އަނެއް އެހީތެރިޔެއްގެ ކިބައިން އެއްވެސްކަމެއް ފުއްދައިނުދެވޭނޭ ދުވަހެވެ. އަދި نصر ލިބޭނޭ ބަޔަކުކަމުގައިވެސް އެއުރެން ނުވެތެވެ. |
|
4456 | 44 | 42 | إلا من رحم الله إنه هو العزيز الرحيم |
| | | اللَّه رحمة ލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. |
|
4457 | 44 | 43 | إن شجرت الزقوم |
| | | اللَّه رحمة ލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. |
|
4458 | 44 | 44 | طعام الأثيم |
| | | ހަމަކަށަވަރުން، زقّوم ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ. |
|
4459 | 44 | 45 | كالمهل يغلي في البطون |
| | | ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ. |
|
4460 | 44 | 46 | كغلي الحميم |
| | | ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ. |
|
4461 | 44 | 47 | خذوه فاعتلوه إلى سواء الجحيم |
| | | (زبانية ملائكة ންނަށް އަންގަވާނެތެވެ.) ގަދަފަދަކަމާއެކު އެމީހާ ނަރަކައިގެ މެދަށް ދަމައި ގެންދާށެވެ! |
|
4462 | 44 | 48 | ثم صبوا فوق رأسه من عذاب الحميم |
| | | ދެން އޭނާގެ ބޮލަށް، ކެކި އުތުރިއަރާ ހޫނުފެނުގެ عذاب އޮއްސާށެވެ! |
|