نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4439 | 44 | 25 | كم تركوا من جنات وعيون |
| | | ކިތައްކިތައް ބަގީޗާއާއި، ކިތައްކިތައް އާރު، އެއުރެން ދޫކުރިހެއްޔެވެ؟ |
|
4440 | 44 | 26 | وزروع ومقام كريم |
| | | އަދި ދަނޑުތަކާއި، ރީތި ގޭގެވެސްމެއެވެ. |
|
4441 | 44 | 27 | ونعمة كانوا فيها فاكهين |
| | | އަދި އުފަލުގައި އެއުރެން ދިރިއުޅުނުކަމުގައިވި نعمة ގެ ތަނަވަސް ދިރިއުޅުމެވެ. |
|
4442 | 44 | 28 | كذلك وأورثناها قوما آخرين |
| | | (ކަންތައްހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެތަކެތި އެހެންބަޔަކަށް ވާރުތަކުރެއްވީމެވެ. |
|
4443 | 44 | 29 | فما بكت عليهم السماء والأرض وما كانوا منظرين |
| | | ފަހެ، އެއުރެންގެ މައްޗަކަށް އުޑެއްވެސް، އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ. އަދި އެއުރެންނީ مهلة ދެއްވާފައިވާ ބަޔަކުކަމުގައި ނުވެތެވެ. |
|
4444 | 44 | 30 | ولقد نجينا بني إسرائيل من العذاب المهين |
| | | ހަމަކަށަވަރުން، ނިކަމެތިކަންދެނިވި عذاب ން، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން މިންޖުކުރެއްވީމެވެ. |
|
4445 | 44 | 31 | من فرعون إنه كان عاليا من المسرفين |
| | | (އެއީ) فرعون ގެ ކިބައިންނެވެ. ހަމަކަށަވަރުން (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިން ކިބުރުވެރިޔަކު ކަމުގައި އޭނާ ވިއެވެ. |
|
4446 | 44 | 32 | ولقد اخترناهم على علم على العالمين |
| | | އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެމަތިން عالم ތަކުގެ މައްޗަށް އެއުރެން خيار ކުރެއްވީމެވެ. |
|
4447 | 44 | 33 | وآتيناهم من الآيات ما فيه بلاء مبين |
| | | އަދި ބަޔާންވެގެންވާ امتحان އެއް އޭގައި އެކުލެވިގެންވާ ހެކިތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ. |
|
4448 | 44 | 34 | إن هؤلاء ليقولون |
| | | ހަމަކަށަވަރުން، މިބައިމީހުން ބުނާކަން ކަށަވަރެވެ. |
|