نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4406 | 43 | 81 | قل إن كان للرحمن ولد فأنا أول العابدين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާނަމަ (އެ ދަރިކަލަކަށް) އެންމެފުރަތަމަ އަޅުކަންކުރާނެ މީހަކީ ތިމަންކަލޭގެފާނެވެ. |
|
4407 | 43 | 82 | سبحان رب السماوات والأرض رب العرش عما يصفون |
| | | އެއުރެން ސިފަކުރާ ކަންތަކުން އުޑުތަކާއި، ބިމުގެވެރި، عرش ގެ ވެރިރަސްކަލާނގެ ހުސްطاهر ވެވޮޑިގެންވެއެވެ. |
|
4408 | 43 | 83 | فذرهم يخوضوا ويلعبوا حتى يلاقوا يومهم الذي يوعدون |
| | | ފަހެ، އެއުރެންނަށް وعد ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطل ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! |
|
4409 | 43 | 84 | وهو الذي في السماء إله وفي الأرض إله وهو الحكيم العليم |
| | | އުޑުގައިވެސް إله އަކީ އެކަލާނގެއެވެ. އަދި ބިމުގައިވެސް إله އަކީ އެކަލާނގެއެވެ. އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
4410 | 43 | 85 | وتبارك الذي له ملك السماوات والأرض وما بينهما وعنده علم الساعة وإليه ترجعون |
| | | އަދި އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެއްޗެއް ملك ވެގެންވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ. އަދި قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ، އެކަލާނގެ حضرة ގައެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. |
|
4411 | 43 | 86 | ولا يملك الذين يدعون من دونه الشفاعة إلا من شهد بالحق وهم يعلمون |
| | | އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗަށް شفاعة ތެރިކަމެއް ملك ވެގެނެއް ނުވެތެވެ. އެއުރެން ދެނެތިބެ، حق އަށް ހެކިދިން މީހުން މެނުވީއެވެ. |
|
4412 | 43 | 87 | ولئن سألتهم من خلقهم ليقولن الله فأنى يؤفكون |
| | | ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟ |
|
4413 | 43 | 88 | وقيله يا رب إن هؤلاء قوم لا يؤمنون |
| | | އަދި އެކަލޭގެފާނު ވިދާޅުވި ވިދާޅުވުން، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިބައިމީހުންނީ إيمان ނުވާނެ ބަޔެކެވެ. |
|
4414 | 43 | 89 | فاصفح عنهم وقل سلام فسوف يعلمون |
| | | ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! سلام އެވެ! ފަހެ، ނިކަންހުރެ އެއުރެންނަށް (އެއުރެން ދޮގުކުރިކަމުގެ نتيجة) އެނގޭނެތެވެ. |
|
4415 | 44 | 1 | بسم الله الرحمن الرحيم حم |
| | | ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) |
|