نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4379 | 43 | 54 | فاستخف قومه فأطاعوه إنهم كانوا قوما فاسقين |
| | | ފަހެ، އޭނާ (އެބަހީ: فرعون) އޭނާގެ قوم ގެމީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ. ހަމަކަށަވަރުން، އެއުރެންވީ، فاسق ވެގެންވާ ބަޔަކު ކަމުގައެވެ. |
|
4380 | 43 | 55 | فلما آسفونا انتقمنا منهم فأغرقناهم أجمعين |
| | | ފަހެ، ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ. |
|
4381 | 43 | 56 | فجعلناهم سلفا ومثلا للآخرين |
| | | ފަހެ، (كافر ވި) އެހެންމީހުންނަށް عبرة އެއް ކަމުގައްޔާއި، مثال އެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. |
|
4382 | 43 | 57 | ولما ضرب ابن مريم مثلا إذا قومك منه يصدون |
| | | مريم ގެފާނުގެ ދަރިކަލުންގެ ވާހަކަ مثال އެއްގެ ގޮތުގައި ކިޔައިދެއްވިހިނދު، އެހާރުން އެކަންތަކާމެދު ކަލޭގެފާނުގެ قوم ގެމީހުން މަލާމާތްކޮށް ހަޅޭލަވަތެވެ. |
|
4383 | 43 | 58 | وقالوا أآلهتنا خير أم هو ما ضربوه لك إلا جدلا بل هم قوم خصمون |
| | | އަދި އެއުރެން ބުނޫއެވެ. ރަނގަޅީ، ތިމަންމެންގެ إله ންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ ކަލޭގެފާނާ جدل ކުރުމަށް މެނުވީ އެއުރެން އެ مثال ނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ. |
|
4384 | 43 | 59 | إن هو إلا عبد أنعمنا عليه وجعلناه مثلا لبني إسرائيل |
| | | ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް نعمة ދެއްވި އަޅަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. އަދި إسـرآءيـل ގެދަރިންނަށް عبرة އެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ. |
|
4385 | 43 | 60 | ولو نشاء لجعلنا منكم ملائكة في الأرض يخلفون |
| | | އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުންގެ ފަހަށް، ބިމުގައި ملائكة ން ލައްވައިފީމުހެވެ. |
|
4386 | 43 | 61 | وإنه لعلم للساعة فلا تمترن بها واتبعون هذا صراط مستقيم |
| | | އަދި ހަމަކަށަވަރުން، އެކަލޭގެފާނީ، قيامة ވުމުގެ ވަގުތަށް ހުރި علامة އެކެވެ. ފަހެ، ތިޔަބައިމީހުން އެދުވަހާމެދު شك ނުކުރާހުށިކަމެވެ! އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަގަށް تبع ވާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. |
|
4387 | 43 | 62 | ولا يصدنكم الشيطان إنه لكم عدو مبين |
| | | އަދި شيطان އާ ތިޔަބައިމީހުން (ތެދުމަގުން) އެއްކިބާކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، އެކަލޭގެއީ، ތިޔަބައިމީހުންނަށްހުރި ފާޅުވެގެންވާ عداوة ތެރިޔެކެވެ. |
|
4388 | 43 | 63 | ولما جاء عيسى بالبينات قال قد جئتكم بالحكمة ولأبين لكم بعض الذي تختلفون فيه فاتقوا الله وأطيعون |
| | | އަދި عيسى ގެފާނު، ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، حكمة އާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތަކާމެދު خلاف ވާ ބައެއް ކަންތައް ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! |
|