نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4325 | 42 | 53 | صراط الله الذي له ما في السماوات وما في الأرض ألا إلى الله تصير الأمور |
| | | (އެއީ) اللَّه ގެ މަގެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވާ ރަސްކަލާނގެއެވެ. ދަންނާށެވެ! ކަންތައްތައް رجوع ވާހުށީ اللَّه ގެ حضرة އަށެވެ. |
|
4326 | 43 | 1 | بسم الله الرحمن الرحيم حم |
| | | ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) |
|
4327 | 43 | 2 | والكتاب المبين |
| | | بيان ވެގެންވާ ފޮތް ގަންދެއްވައި وحى ކުރައްވަމެވެ. |
|
4328 | 43 | 3 | إنا جعلناه قرآنا عربيا لعلكم تعقلون |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ލައްވާފައިވަނީ، عرب ބަހުންއޮތް قرآن އެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. |
|
4329 | 43 | 4 | وإنه في أم الكتاب لدينا لعلي حكيم |
| | | އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައިވާ މައިފޮތުގައި (އެބަހީ: اللوح المحفوظ ގައި) އެފޮތްވަނީ މަތިވެރިވެގެންވާ حكمة ތެރި ފޮތެއް ކަމުގައެވެ. |
|
4330 | 43 | 5 | أفنضرب عنكم الذكر صفحا أن كنتم قوما مسرفين |
| | | ފަހެ، ތިޔަބައިމީހުން (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައިވީތީވެ، ތިޔަބައިމީހުންނާމެދު ތިމަންރަސްކަލާނގެ قرآن ގެ وعظ ބާވައިނުލައްވައި ދޫކޮށްލައްވަންވީހެއްޔެވެ؟ |
|
4331 | 43 | 6 | وكم أرسلنا من نبي في الأولين |
| | | އަދި އިސްވެދިޔަ މީސްތަކުންގެގާތަށް ތިމަންރަސްކަލާނގެ ކިތައްކިތައް ނަބިއްޔުން ފޮނުއްވިން ހެއްޔެވެ؟ |
|
4332 | 43 | 7 | وما يأتيهم من نبي إلا كانوا به يستهزئون |
| | | އަދި އެއުރެން އެބޭކަލަކަށް ފުރައްސާރަކުރާ ކަމުގައިނުވާ އެއްވެސް ނަބިއްޔަކު އެއުރެންގެ ގާތަކަށް ވަޑައެއްނުގަންނަވަތެވެ. |
|
4333 | 43 | 8 | فأهلكنا أشد منهم بطشا ومضى مثل الأولين |
| | | ފަހެ، ތިމަންރަސްކަލާނގެ އެބައިމީހުންނަށްވުރެ މާބާރުގަދަ މީހުން ހަލާކު ކުރެއްވީމެވެ. އަދި އިސްވެދިޔަ މީހުންގެ مثال ވޭތުވެހިނގައްޖެއެވެ. |
|
4334 | 43 | 9 | ولئن سألتهم من خلق السماوات والأرض ليقولن خلقهن العزيز العليم |
| | | ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. އެތަކެތި ހެއްދެވީ، عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|