نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4316 | 42 | 44 | ومن يضلل الله فما له من ولي من بعده وترى الظالمين لما رأوا العذاب يقولون هل إلى مرد من سبيل |
| | | اللَّه، އެމީހަކު މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެކަލާނގެ ފިޔަވައި އޭނާޔަށް އެއްވެސް އެހީތެރިޔަކު ނުވާނެތެވެ. އަދި އަނިޔާވެރިންނަށް عذاب ފެންނަހިނދު، އެއުރެން ބުނާތީ ތިބާ ދެކޭނޫއެވެ. ދުނިޔެއަށް އަލުން އެނބުރި ދިޔުމަށް، އެއްވެސް މަގެއްވޭހެއްޔެވެ؟ |
|
4317 | 42 | 45 | وتراهم يعرضون عليها خاشعين من الذل ينظرون من طرف خفي وقال الذين آمنوا إن الخاسرين الذين خسروا أنفسهم وأهليهم يوم القيامة ألا إن الظالمين في عذاب مقيم |
| | | އަދި ނިކަމެތިވެ، ބިރުގެން، ވައްކަޅިން ބަލާ حال، އެއުރެން ނަރަކަޔަށް ހުށަހަޅުއްވާތީ ތިބާދެކޭނޫއެވެ. އަދި إيمان ވިމީހުން ބުނާނެތެވެ. ހަމަކަށަވަރުން، ގެއްލުންވިމީހުންނީ، قيامة ދުވަހުގައި، އެއުރެންގެ އަމިއްލަ نفس ތަކާއި، أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، އަނިޔާވެރިންވަނީ، ދެމިހުންނަނިވި عذاب އެއްގައެވެ. |
|
4318 | 42 | 46 | وما كان لهم من أولياء ينصرونهم من دون الله ومن يضلل الله فما له من سبيل |
| | | އަދި اللَّه ފިޔަވައި، އެއުރެންނަށް نصر ދޭނޭ އެއްވެސް އެހީތެރިޔަކު، އެއުރެންނަކަށް ނުވާހުށްޓެވެ. އަދި اللَّه މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް (ސަލާމަތްވާނޭ) އެއްވެސްމަގެއް ނުވެތެވެ. |
|
4319 | 42 | 47 | استجيبوا لربكم من قبل أن يأتي يوم لا مرد له من الله ما لكم من ملجإ يومئذ وما لكم من نكير |
| | | اللَّه ގެ حضرة ން ރައްދުނުކުރެވޭނެ ދުވަހެއް (އެބަހީ: قيامة ދުވަސް) އައުމުގެކުރިން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އިޖާބަދޭށެވެ! އެދުވަހުން ތިޔަބައިމީހުން ސަލާމަތްވާންދާނެ އެއްވެސްތަނެއް، ތިޔަބައިމީހުންނަކަށް ނުވެތެވެ. އަދި (ތިޔަބައިމީހުންގެ عذاب އަށް) إنكار ކުރާނޭ މީހަކުވެސް ތިޔަބައިމީހުންނަކަށް ނުވެތެވެ. |
|
4320 | 42 | 48 | فإن أعرضوا فما أرسلناك عليهم حفيظا إن عليك إلا البلاغ وإنا إذا أذقنا الإنسان منا رحمة فرح بها وإن تصبهم سيئة بما قدمت أيديهم فإن الإنسان كفور |
| | | ފަހެ، އެއުރެން ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަށް ބެލެހެއްޓުންތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. އިއްވެވުންމެނުވީ ކަލޭގެފާނުގެ މައްޗަކަށް ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رحمة އެއްގެ ރަހަ ތިމަންރަސްކަލާނގެ އިންސާނާއަށް ދައްކަވައިފިނަމަ، އެކަމަށް އޭނާ އުފާކުރެތެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުރި ފާފަތަކުގެ ސަބަބުން އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ ފަހެ، ހަމަކަށަވަރުން، އިންސާނާާއީ (نعمة ތަކަށް) ދެކޮޅުހަދާ، كافر ވާމީހެކެވެ. |
|
4321 | 42 | 49 | لله ملك السماوات والأرض يخلق ما يشاء يهب لمن يشاء إناثا ويهب لمن يشاء الذكور |
| | | އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އެެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ. |
|
4322 | 42 | 50 | أو يزوجهم ذكرانا وإناثا ويجعل من يشاء عقيما إنه عليم قدير |
| | | ނުވަތަ އެއުރެންނަށް ފިރިހެންދަރިންނާއި، އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާމީހަކު، ދަރިމައިނުވާމީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
|
4323 | 42 | 51 | وما كان لبشر أن يكلمه الله إلا وحيا أو من وراء حجاب أو يرسل رسولا فيوحي بإذنه ما يشاء إنه علي حكيم |
| | | وحى އަކުން (އެބަހީ: إلهام އަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ ملائكة އަކު ފޮނުއްވައި، އެކަލާނގެ إذن ފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް وحى ކުރެއްވުމުންމެނުވީ، އެއްވެސް آدم ގެދަރިޔަކަށް اللَّه ބަސް وحى ކުރެއްވުމެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މަތިވެރިވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. |
|
4324 | 42 | 52 | وكذلك أوحينا إليك روحا من أمرنا ما كنت تدري ما الكتاب ولا الإيمان ولكن جعلناه نورا نهدي به من نشاء من عبادنا وإنك لتهدي إلى صراط مستقيم |
| | | އަދި ހަމައެފަދައިން ތިމަންރަސްކަލާނގެ أمر ފުޅުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ قرآن وحى ކުރެއްވީމެވެ. ފޮތަކީ ކޮންއެއްޗެއްކަން، އަދި إيمان އަކީ ކޮންއެއްޗެއްކަން ކަލޭގެފާނު (ކުރިން) ދެނެވަޑައިގަންނަވާ ކަމުގައި ނުވެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ، އެއިން ތެދުމަގު ދައްކަވާ نور އެއްކަމުގައި އެ قرآن ލެއްވީމެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނު މަގުދައްކަވަނީ، ސީދާވެގެންވާ ތެދުމަގަށްކަން ކަށަވަރެވެ. |
|
4325 | 42 | 53 | صراط الله الذي له ما في السماوات وما في الأرض ألا إلى الله تصير الأمور |
| | | (އެއީ) اللَّه ގެ މަގެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވާ ރަސްކަލާނގެއެވެ. ދަންނާށެވެ! ކަންތައްތައް رجوع ވާހުށީ اللَّه ގެ حضرة އަށެވެ. |
|