نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4288 | 42 | 16 | والذين يحاجون في الله من بعد ما استجيب له حجتهم داحضة عند ربهم وعليهم غضب ولهم عذاب شديد |
| | | މީސްތަކުން އެކަލާނގެ دين قبول ކޮށް އިޖާބަދިނުމަށްފަހު، اللَّه ގެ دين އާމެދު، ޖަދަލުކުރާ މީހުންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންގެ حجّة باطل ވެގެންވާ ބަޔެކެވެ. އަދި އެއުރެންގެ މައްޗަށް ކޯފާހުށްޓެވެ. އަދި އެއުރެންނަށްޓަކައި (آخرة ގައި) ވަނީ ގަދަފަދަ عذاب އެވެ. |
|
4289 | 42 | 17 | الله الذي أنزل الكتاب بالحق والميزان وما يدريك لعل الساعة قريب |
| | | حق ގޮތުގައި ފޮތާއި، عدل إنصاف ބާވައިލެއްވީ اللَّه އެވެ. قيامة ވުމުގެ ވަގުތު ގާތްވެގެންވާކަން، ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ |
|
4290 | 42 | 18 | يستعجل بها الذين لا يؤمنون بها والذين آمنوا مشفقون منها ويعلمون أنها الحق ألا إن الذين يمارون في الساعة لفي ضلال بعيد |
| | | އެދުވަހަށް (އެބަހީ: قيامة ދުވަހަށް) إيمان ނުވާމީހުން އެދުވަސް އަވަހަށް އައުމަށް އެދޭނެތެވެ. އަދި إيمان ވިމީހުން އެދުވަހަށް ބިރުވެތިވާނެތެވެ. އެދުވަހަކީ، ހަމަކަށަވަރުން، حق ގޮތުގައި އަންނާނޭ ދުވަހެއްކަން، އެއުރެން ދަނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން، قيامة ދުވަހާމެދު ޖަދަލުކުރާމީހުންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ. |
|
4291 | 42 | 19 | الله لطيف بعباده يرزق من يشاء وهو القوي العزيز |
| | | اللَّه އީ، އެކަލާނގެ އަޅުތަކުންނަށް އޯގާވަންތަކަންބޮޑު ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް رزق ދެއްވަތެވެ. އަދި އެކަލާނގެއީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެއެވެ. |
|
4292 | 42 | 20 | من كان يريد حرث الآخرة نزد له في حرثه ومن كان يريد حرث الدنيا نؤته منها وما له في الآخرة من نصيب |
| | | آخرة ގެ ثواب އަށްއެދި މަސައްކަތްކުރާ މީހާއަށް އޭނާގެ ثواب، ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އަދި ދުނިޔޭގެ މަންފާތަކަށް އެދޭމީހާއަށް، ތިމަންރަސްކަލާނގެ އެއިން ދެއްވާހުށީމެވެ. އަދި آخرة ގައި އޭނާޔަށް (ثواب ގެ) އެއްވެސް نصيب އެއްނެތެވެ. |
|
4293 | 42 | 21 | أم لهم شركاء شرعوا لهم من الدين ما لم يأذن به الله ولولا كلمة الفصل لقضي بينهم وإن الظالمين لهم عذاب أليم |
| | | ނުވަތަ اللَّه، إذن ދެއްވާފައިނުވާ دين އެއް، އެއުރެންނަށް، شرع ކޮށް ކަނޑައަޅައިދިން شريك ންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟ ޖަޒާދެއްވުން ކަނޑައެޅިގެންވާ ދުވަހަށް ލަސްކުރެއްވުމުގެ كلمة ފުޅުނުވާނަމަ، އެއުރެންގެމެދުގައި ނިޔާ ކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި عذاب ހުށްޓެވެ. |
|
4294 | 42 | 22 | ترى الظالمين مشفقين مما كسبوا وهو واقع بهم والذين آمنوا وعملوا الصالحات في روضات الجنات لهم ما يشاءون عند ربهم ذلك هو الفضل الكبير |
| | | އަނިޔާވެރިން، އެއުރެން ހޯދި ނުބައިކަންތަކަށް ލިބޭ عذاب އަށް ބިރުވެތިވާތީ (އެދުވަހުން) ތިބާ ދެކޭނޫއެވެ. އެ عذاب އައިސް އެއުރެންނަށް ޖެހޭހުށްޓެވެ. އަދި إيمان ވެ صالح عمل ތައް ކުޅަމީހުން ވާހުށީ، ސުވަރުގޭގެ ބަގީޗާތަކުގައެވެ. އެއުރެން އެދޭކަންތައް، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންނަށްވެއެވެ. ބޮޑުވެގެންވާ فضل ވަންތަކަމަކީ ހަމައެއީއެވެ. |
|
4295 | 42 | 23 | ذلك الذي يبشر الله عباده الذين آمنوا وعملوا الصالحات قل لا أسألكم عليه أجرا إلا المودة في القربى ومن يقترف حسنة نزد له فيها حسنا إن الله غفور شكور |
| | | އެއީ إيمان ވެ، صالح عمل ތައް ކުޅަ، އެކަލާނގެ އަޅުތަކުންނަށް اللَّه އުފާވެރިކަމުގެ خبر ދެއްވާ ކަންތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: ތިމަންކަލޭގެފާނުގެ رسول ކަން އިއްވެވުމުގެ މައްޗަކަށް) ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބަޔަކުން އެއްވެސް އުޖޫރަޔަކަށް އެދިވަޑައެއް ނުގަންނަވަމެވެ. ގާތްތިމާގެކަމުގެ ލޯބިމެނުވީއެވެ. އަދި ހެޔޮކަމެއްކުރާ މީހާއަށް ތިމަންރަސްކަލާނގެ އެކަމުގައި ހެޔޮކަން އިތުރުކޮށްދެއްވާހުށީމެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ. |
|
4296 | 42 | 24 | أم يقولون افترى على الله كذبا فإن يشإ الله يختم على قلبك ويمح الله الباطل ويحق الحق بكلماته إنه عليم بذات الصدور |
| | | ނުވަތަ އެކަލޭގެފާނު اللَّه އާމެދު އިތުރުފުޅެއް ހެއްދެވީކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ފަހެ، اللَّه އިރާދަކުރައްވާނަމަ، ކަލޭގެފާނުގެ ހިތްޕުޅުގައި ސިއްކަގައްސަވައިފީހެެވެ. އަދި اللَّه، باطل ފުއްސަވައި، އެކަލާނގެ كلمة ފުޅުތަކުން حق ސާބިތުކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
4297 | 42 | 25 | وهو الذي يقبل التوبة عن عباده ويعفو عن السيئات ويعلم ما تفعلون |
| | | އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ކިބައިން توبة قبول ކުރައްވައި، ނުބައިކަންތަކަށް عفو ކުރައްވާ ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންކުރާ ކަންތައްތައް، އެކަލާނގެ ދެނެވޮޑިގެންވެއެވެ. |
|