نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4116 | 39 | 58 | أو تقول حين ترى العذاب لو أن لي كرة فأكون من المحسنين |
| | | ނުވަތަ އެމީހަކަށް عذاب ފެނިގެން އަންނަހިނދު، މިއަޅާޔަށް އަދި އެއްފަހަރު (ދުނިޔެއަށް) رجوع ވުމެއް ލިބޭނެނަމައޭ ބުނަންޖެހިދާނެތީއެވެ. ފަހެ، އޭރުން ތިމަންއަޅާ ވާހުށީ، إحسان ތެރިންގެ ތެރެއިންނެވެ. |
|
4117 | 39 | 59 | بلى قد جاءتك آياتي فكذبت بها واستكبرت وكنت من الكافرين |
| | | އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ކަލޭގެ ގާތަށްއައެވެ. ފަހެ، ކަލޭ އެ آية ތައް ދޮގުކުރީމުއެވެ. އަދި ބޮޑާވެގަތީމުއެވެ. އަދި ކަލޭވީ، كافر ންގެ ތެރެއިންނެވެ. |
|
4118 | 39 | 60 | ويوم القيامة ترى الذين كذبوا على الله وجوههم مسودة أليس في جهنم مثوى للمتكبرين |
| | | اللَّه އަށް ދޮގުހެދިމީހުންގެ މޫނުތައް އަނދިރިވެގެންވާތީ، قيامة ދުވަހުން ކަލޭ ދެކޭނޫއެވެ. ކިބުރުވެރިން ތިބޭނެތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟ |
|
4119 | 39 | 61 | وينجي الله الذين اتقوا بمفازتهم لا يمسهم السوء ولا هم يحزنون |
| | | އަދި اللَّه، تقوى ވެރިވިމީހުން އެއުރެންގެ ކާމިޔާބީއާއެކު ސަލާމަތްކުރައްވާ ހުށްޓެވެ. އެއުރެންނަކަށް އެއްވެސްކަހަލަ ނުބައިކަމެއް ނުޖެހޭނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް އެއުރެން ނުވެއެވެ. |
|
4120 | 39 | 62 | الله خالق كل شيء وهو على كل شيء وكيل |
| | | اللَّه އީ، ހުރިހާއެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ. |
|
4121 | 39 | 63 | له مقاليد السماوات والأرض والذين كفروا بآيات الله أولئك هم الخاسرون |
| | | އުޑުތަކާއި، ބިމުގެ ތަޅުދަނޑިތައް މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި اللَّه ގެ آية ތަކަށް كافر ވިމީހުން (ދަންނާށެވެ!) ގެއްލެނިވެގެންވާ މީހުންނީ، ހަމައެއުރެންނެވެ. |
|
4122 | 39 | 64 | قل أفغير الله تأمروني أعبد أيها الجاهلون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އޭ جاهل ތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތިޔައަމުރުކުރަނީ، اللَّه ނޫންފަރާތަކަށް އަޅުކަންކުރުމަށް ހެއްޔެވެ؟ |
|
4123 | 39 | 65 | ولقد أوحي إليك وإلى الذين من قبلك لئن أشركت ليحبطن عملك ولتكونن من الخاسرين |
| | | ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسول ންނަށް وحى ކުރައްވާފައިވެއެވެ. ކަލޭގެފާނު شريك ކުރައްވައިފިނަމަ، ކަލޭގެފާނުގެ عمل ތައް باطل ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. |
|
4124 | 39 | 66 | بل الله فاعبد وكن من الشاكرين |
| | | އަދި ކިއެއްތަ! ހަމައެކަނި اللَّه އަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި شكر ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! |
|
4125 | 39 | 67 | وما قدروا الله حق قدره والأرض جميعا قبضته يوم القيامة والسماوات مطويات بيمينه سبحانه وتعالى عما يشركون |
| | | اللَّه އަށް قدر ކުރުން حق ވެގެންވާގޮތުގައި، އެއުރެން އެކަލާނގެއަށް قدر އެއް ނުކުރެތެވެ. އަދި قيامة ދުވަހުން، މުޅިބިންވާހުށީ، އެކަލާނގެ قدرة ތެރިކަމުގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައްވާހުށީ، ފަށްޖަހައިލަައްވާފައިވާ حال، އެކަލާނގެ قدرة ތެރިކަމުގެ ކަނާތްޕުޅުގައެވެ. އެއުރެން شريك ކުރާ ތަކެތިން، އެކަލާނގެ ހުސްطاهر ވެ، މަތިވެރިވެވޮޑިގެންވެއެވެ. |
|