نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4035 | 38 | 65 | قل إنما أنا منذر وما من إله إلا الله الواحد القهار |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه މެނުވީ އެހެން إله އަކު ނުވެއެވެ. |
|
4036 | 38 | 66 | رب السماوات والأرض وما بينهما العزيز الغفار |
| | | (އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. |
|
4037 | 38 | 67 | قل هو نبأ عظيم |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އެއީ (އެބަހީ: قرآن އަކީ) ބޮޑުވެގެންވާ خبر އެކެވެ. |
|
4038 | 38 | 68 | أنتم عنه معرضون |
| | | ތިޔަބައިމީހުންނީ އެއިން އެއްކިބާވާ ބަޔެކެވެ. |
|
4039 | 38 | 69 | ما كان لي من علم بالملإ الأعلى إذ يختصمون |
| | | (آدم ގެފާނާމެދު) މަތިވެރިވެގެންވާ جماعة ގެ މެދުގައި (އެބަހީ: ملائكة ންގެ މެދުގައި) ވާހަކަ ދެކެވުނުހިނދު (وحى ގެ ذريعة އިން އެންގެވި އެއްޗެއް މެނުވީ) ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއް ނުވެތެވެ. |
|
4040 | 38 | 70 | إن يوحى إلي إلا أنما أنا نذير مبين |
| | | ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނަކަށް وحى އެއް ނުއިއްވަވަތެވެ. |
|
4041 | 38 | 71 | إذ قال ربك للملائكة إني خالق بشرا من طين |
| | | ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسان އަކު ހައްދަވާހުށީމެވެ. |
|
4042 | 38 | 72 | فإذا سويته ونفخت فيه من روحي فقعوا له ساجدين |
| | | ފަހެ، ތިމަންރަސްކަލާނގެ އެ إنسان އާ (އެބަހީ: آدم ގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ إنسان އާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ! |
|
4043 | 38 | 73 | فسجد الملائكة كلهم أجمعون |
| | | ފަހެ، ملائكة ން، އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ. |
|
4044 | 38 | 74 | إلا إبليس استكبر وكان من الكافرين |
| | | إبليس މެނުވީއެވެ. އެކަލޭގެ ބޮޑާވެ، كافر ވި މީހުންގެ ތެރެއިންވިއެވެ. |
|