نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4018 | 38 | 48 | واذكر إسماعيل واليسع وذا الكفل وكل من الأخيار |
| | | އަދ إسماعيل ގެފާނާއި، اليسع ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ. |
|
4019 | 38 | 49 | هذا ذكر وإن للمتقين لحسن مآب |
| | | މިއީ (އެބޭކަލުންނަށްވާ) ރިވެތި ހަނދާން ކުރުމަކާއި، شرف އެކެވެ. އަދި ހަމަކަށަވަރުން، تقوى ވެރިންނަށް އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ. |
|
4020 | 38 | 50 | جنات عدن مفتحة لهم الأبواب |
| | | (އެއީ) އެތާނގެ ދޮރުތައް އެއުރެންނަށްޓަކައި ހުޅުވިފައިވާ عدن އެވެ ކިއުނު ސުވަރުގެތަކެވެ. |
|
4021 | 38 | 51 | متكئين فيها يدعون فيها بفاكهة كثيرة وشراب |
| | | އެއުރެން އެތާނގައި (އެނދު އެނދުގައި) ލެނގިލައިގެން ތިބޭނެތެވެ. އެއުރެން އެތާނގައި ގިނަބާވަތް ބާވަތުގެ މޭވާތަކާއި، ބުއިންތައް ގެންނަން އެދޭނެތެވެ. |
|
4022 | 38 | 52 | وعندهم قاصرات الطرف أتراب |
| | | އަދި އެއުރެންނަށް އެއްފުރާގެ އަނބިންތައްވެއެވެ. އެ އަނބިން، ފިރިން ނޫން އެހެންބަޔަކަށް ނުބަލާނެތެވެ. |
|
4023 | 38 | 53 | هذا ما توعدون ليوم الحساب |
| | | މިއީ حساب ބައްލަވާދުވަހަށް ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ. |
|
4024 | 38 | 54 | إن هذا لرزقنا ما له من نفاد |
| | | ހަމަކަށަވަރުން، މިއީ ތިމަންރަސްކަލާނގެ ދެއްވާތަކެތިކަން ކަށަވަރެވެ. އެތަކެއްޗަށް ހުސްވުމެއްނުވެއެވެ. |
|
4025 | 38 | 55 | هذا وإن للطاغين لشر مآب |
| | | ކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން، كافر ވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ. |
|
4026 | 38 | 56 | جهنم يصلونها فبئس المهاد |
| | | (އެއީ) جهنم އެވެ. އެއުރެން އެތަނަށްވަންނަ ހުށްޓެވެ. ފަހެ، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ! |
|
4027 | 38 | 57 | هذا فليذوقوه حميم وغساق |
| | | މިއީ عذاب އެވެ. ފަހެ، އެއުރެން އޭގެ ރަހަ ލިބިގަންނަހުށިކަމެވެ! (އެއީ) ކެކިކެކިހުރި ހޫނުފެނާއި، ފާދިޔައެވެ. |
|