نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4007 | 38 | 37 | والشياطين كل بناء وغواص |
| | | އަދި ޖިންނި شيطان ން، އެކަލޭގެފާނަށް خدمة ތެރިކޮށް ދެއްވީމެވެ. އޭގެތެރޭގައި (ބޮޑެތި) ބިނާތައްހަދާ ބަޔަކާއި (ކަނޑުގެ އަޑިޔަށް) ފީނާބަޔަކުވެއެވެ. |
|
4008 | 38 | 38 | وآخرين مقرنين في الأصفاد |
| | | އަދި (އޭގެތެރެއިން) އަނެއްބަޔަކު ކަސްތަޅު އަޅުއްވައި ހައްޔަރުކުރައްވާފައިވެއެވެ. |
|
4009 | 38 | 39 | هذا عطاؤنا فامنن أو أمسك بغير حساب |
| | | މިއީ ތިމަންރަސްކަލާނގެ ދެއްވިހާ ތަކެއްޗެވެ. ފަހެ، ކަލޭގެފާނު (ދެއްވާނެ މީހަކަށް) ދެއްވާށެވެ! ނުވަތަ (ނުދެއްވާނެ މީހަކަށް ނުދެއްވައި) ހިފަހައްޓަވާށެވެ! (އެކަމާމެދު) ކަލޭގެފާނާ سؤال އެއް ނުކުރައްވާނެތެވެ. |
|
4010 | 38 | 40 | وإن له عندنا لزلفى وحسن مآب |
| | | އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ. |
|
4011 | 38 | 41 | واذكر عبدنا أيوب إذ نادى ربه أني مسني الشيطان بنصب وعذاب |
| | | ތިމަންރަސްކަލާނގެ އަޅު أيـّوب ގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ. |
|
4012 | 38 | 42 | اركض برجلك هذا مغتسل بارد وشراب |
| | | (އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ. |
|
4013 | 38 | 43 | ووهبنا له أهله ومثلهم معهم رحمة منا وذكرى لأولي الألباب |
| | | އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ. |
|
4014 | 38 | 44 | وخذ بيدك ضغثا فاضرب به ولا تحنث إنا وجدناه صابرا نعم العبد إنه أواب |
| | | އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ! ކަލޭގެފާނު ހުވަޔާ خلاف ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ. |
|
4015 | 38 | 45 | واذكر عبادنا إبراهيم وإسحاق ويعقوب أولي الأيدي والأبصار |
| | | އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيم ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ) ހެޔޮ عمل ކުރެއްވުމަށް ބާރުގަދަ، ބުއްދީގެ أهل ވެރިންނެވެ. |
|
4016 | 38 | 46 | إنا أخلصناهم بخالصة ذكرى الدار |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެބޭކަލުން ސާފު خصيلة އަކުން މާތްކުރައްވައި، خيار ކުރެއްވީމެވެ. އެއީ آخرة ހަނދުމަކުރެއްވުމެވެ. |
|