نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5 | 1 | 5 | إياك نعبد وإياك نستعين |
| | | އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ حضرة ންނެވެ. |
|
6 | 1 | 6 | اهدنا الصراط المستقيم |
| | | އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! |
|
7 | 1 | 7 | صراط الذين أنعمت عليهم غير المغضوب عليهم ولا الضالين |
| | | (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ. |
|
8 | 2 | 1 | بسم الله الرحمن الرحيم الم |
| | | ا ل م (މިއަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علم ވެރިންގެމެދުގައި خلاف ހުށްޓެވެ. ބައެއް علم ވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآن ގެ އެންމެ سورة އަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސް ނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެ ގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.) |
|
9 | 2 | 2 | ذلك الكتاب لا ريب فيه هدى للمتقين |
| | | މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ. |
|
10 | 2 | 3 | الذين يؤمنون بالغيب ويقيمون الصلاة ومما رزقناهم ينفقون |
| | | އެއުރެންނީ، غيب އަށް إيمان ވާ، އަދި ނަމާދު قائم ކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ. |
|
11 | 2 | 4 | والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون |
| | | އަދި އެއުރެންނީ، ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް إيمان ވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ. |
|
12 | 2 | 5 | أولئك على هدى من ربهم وأولئك هم المفلحون |
| | | އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގުގެ މަތީގައެވެ. އަދި ދިންނަވާނޭ މީހުންނީ، ހަމަ އެއުރެންނެވެ. |
|
13 | 2 | 6 | إن الذين كفروا سواء عليهم أأنذرتهم أم لم تنذرهم لا يؤمنون |
| | | ހަމަކަށަވަރުން كافر ވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ إنذار ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ. |
|
14 | 2 | 7 | ختم الله على قلوبهم وعلى سمعهم وعلى أبصارهم غشاوة ولهم عذاب عظيم |
| | | اللَّه، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަގައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. |
|